ޚަބަރު

ކޯޓު ރޫމަށް ވާރޭ ވެހޭތީ ރައީސް ޔާމީންގެ ޝަރީއަތް ކެންސަލް ވެއްޖެ!

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ދައުލަތުން ކޮށްފައިވާ ވ.އާރަށް ކުއްޔަށް ދިނުމުގައި ހިންގި މުއާމަލާތާ ގުޅޭ ޝަރީއަތް މިއަދަށް ތާވަލް ކުރިއިރު ކޯޓު ރޫމަށް ވާރޭ ވެހޭތީ އަޑުއެހުން ކެންސަލްވެއްޖެއެވެ.

މިމައްސަލާގައި މީގެ ކުރިން އޮތް އަޑުއެހުން ވެސް ވަނީ ކެންސަލްވެފައެވެ. އެއަޑުއެހުން ކެންސަލް ކޮށްފައިވަނީ އެ މައްސަލަ ބައްލަވާ އިސް ޤާޟީ އަހުމަދު ޝަކީލް ޗުއްޓީ ނެންގެވުމާ ގުޅިގެންނެވެ.

މިއަދުގެ އަޑުއެހުމުގައި ކުރީގެ ނާއިބުރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔާތުގެ ހެކިބަސް ނެގުމަށް ވަނީ ނިންމާފައެވެ.

މި މައްސަލާގައި މިހާތަނަށް ނަގާފައިވަނީ ދައުލަތުން ހުށައަޅާފައިވާ 6 ހެކިވެރިއެއްގެ ހެކިބަހެވެ.

2 Comments

Leave a Reply to Hehey Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button