ޖިންސީގޯނާ ކުރި ޓީޗަރު ޝަރީއަތް ނިމެންދެން ބަންދަށް!
ޓިއުޝަން ނަގައިދޭން ކަމަށް ބުނެ ހުޅުމާލެ ސުކޫލެއްގެ ފިރިހެން ޓީޗަރަކު ކުޑަ ފިރިހެން ކުއްޖަކު ގެއަށް ގެންގޮސް ބަދުއަހްލާގީ ވީޑިއޯ ދެއްކި މައްސަލައިގައި އެ ޓީޗަރު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ޓީޗަރު ހައްޔަރުކޮށް އެނާ ފުރަތަމަ ކޯޓައް ގެންދިޔުމުން ކޯޓުން ފުރަތަމަ ޖެހީ ފަސް ދުވަހެވެ. އެހެން ނަމަވެސް މިއަދު ބަންދުގެ މުއްދަތު ހަމަވާތީ ފުލުހުން އެއިނާ ކޯޓައް ހާޒިރު ކުރުމުން ކޯޓުން ވަނީ ސަރީއައް ނިމެންދެން ބަންދު ކުރުމަށް ހުކުންކޮށްފައެވެ.
ގާޒީ ސުކޫލްގައި މަސައްކަތް ކުރާ 29 އަހަރުގެ ދިވެހި ޓީޗަރު އެޑިޔުކޭޝަން މިނިސްޓްރީން ވަނީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ސަސްޕެންޑްކޮށްފައެވެ. އަދި ޓީޗަރުގެ މައްސަލަ މިނިސްޓްރީގެ ފަރާތުން ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
އުމުރުން 12 އަހަރުގެ ފިރިހެން ދަރިވަރަކަށް ޓިއުޝަންދޭން ކަމަށްބުނެ ޓީޗަރު ދިރިއުޅޭ ގެއަށް ގެންގޮސް އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށާއި، އަދި ބަދުއަހްލާގީ ވީޑިއޯ ދެއްކި ކަމަށް އެ ޓީޗަރު ވަނީ ގިނަ ބައެއް ކުރިމަތީގައި އެއްބަސްވެފައެވެ.
ފުލުހުން ވަނީ ޓީޗަރުގެ ހައްގުގައި އޭނާގެ ގައިގައި ތަޅާ އަނިޔާކުރި ކަމަށް ބުނެ އުމުރުން 35 އަހަރުގެ ފިރިހެނެއް ހައްޔަރު ކޮށްފައެވެ.