ޚަބަރު

ޝެއިހް ފަޒްލޫން ފުލުހަށް ހާޒިރުކުރަނީ!

ޔޯގާއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކޮށް ދޫކޮށްލާފައިވާ ދީނީ އިލްމުވެރިޔާ އައްޝައިހް ފަޒްލޫން މުހައްމަދު އަނެއްކާވެސް ފުލުހުންގެ އިދާރާއަަށް ހާޒިރުވާން އަންގައިފިއެވެ.

ޝައިޙް ފަޒްލޫން ކުރެއްވި ޓްވީޓެއްގައި ބުނެފައި ވަނީ، ފުލުހުންގެ ތަހްގީގަށް މިއަދު ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.

ޝައިޙް ފަޒްލޫން އިތުރަށް ވިދާޅުވީ، މި ހައްޔަރުގައި ދިގު ދެއްމިޔަސް އަދި ހިތު ހުރި ގޮތަކަށް އަމަލު ކުރި ނަމަވެސް ކެތްތެރިކަން ދެއްވުމަށާއި އަނިޔާވެރިވީ މީހުންގެ މައްޗަށް ނަޞްރު ދެއްވުމަށް އެދި މާތް ﷲ ގެ ހަޟްރަތުން ދުއާ ދަންނަވާފައެވެ.

 

ޝެއިހް ފަޒްލޫން ހައްޔަރުކުރެވިނީ ޔޯގާ ހަރަކާތް ހުއްޓުވާލުމުގެ ހަމަނުޖެހުން ރާވާ ހިންގިމަކުގެ ތުހުމަތުގައެވެ. އަދި އެބޭފުޅާގެ ބަންދުގެ މުއްދަތު ދެ ފަހަރެއްގެ މަތިން އިތުރުކޮށްފައިވާއިރު, ދޫކޮށްލާފައިމިވަނީ ޝަރުތު ތަކެއް ކުރުމަށް ފަހުއެވެ.

ޝެއިހް ފަޒްލޫން އައް ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި

  • ތަހުގީގަށް އެއްބާރުލުންދިން
  • ބޭރު ގައުމަކަށް ދަތުރުކުރާނަމަ ލިޔުމުން ފުލުހުންނަށް އެކަން އެންގުން
  • އެޑްރެސް އަދި ފޯން ނަމްބަރު ބަދަލުކުރާނަ ފުލުހުންނަށް އެކަން އެންގުން

މި ތިން ޝަރުތުކޮށްފައި ވީނަމަވެސް ދޫކޮށްލިފަހުން އެކި ފަހަރު މަތިން ޝެއިހް ފަޒްލޫން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައެވެ.

މިފަހުން ޔޯގާ ހަމަނުޖެހުމުގައި އިހުމާލުވި މީހުނަށް އަލުން ފިޔަވަޅު އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button