ބުޅަލަށް ބޯހިޔާވަހިކަމާ ކްލިނިކުގެ ހިދުމަތް ވިލިމާލޭގައި ގާއިމްކުރަން ސިޓީ ކައުންސިލުން ފާސްކޮށްފި

ބުޅަލަށް ބޯހިޔާވަހިކަމާ ކްލިނިކުގެ ހިދުމަތް ވިލިމާލޭގައި ގާއިމްކުރަން މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ.
މިގޮތަށް ފާސްކޮށްފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 65 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވިގޮތުގައި އެކަމަށް ގާތްގަނޑަކަށް ފަހަކާ ހަތަކާ ދެމެދުގެ އަދަދެއްގެ މިލިއަން ރުފިޔާ ހަރަދުކުރަން ޖެހެއެެވެ.
”ބުޅާ ޝެލްޓާއެއް އިމާރާތްކުރުމުގެ ގާބިލުކަން އެ ކައުންސިލުގައި އެބަހުރި. މާލެ ފަދަ ގިނަ ބަޔަކު ދިރިއުޅޭ ތަނަކަށް އެހާ ގުޅޭ ކަމެއް ނޫން. އެހެންވެ ވިލިމާލޭގައި އެ ތަން ހަދަން ނިންމީ.“ މޭޔަރު ވިދާޅުވި އެވެ.
ވިލިމާލޭގައި ކެޓް ޝެލްޓާއަކާއި ވެޓް ކްލިނިކެއް އިމާރާތްކުރުމަށް ފާސްކުރީ ކައުންސިލްގެ މިއަދުގެ ޖަލްސާގައި ބައިވެރިވި 13 މެމްބަރުންގެ ތެރެއިން 12 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.
އެކަމާ ދެކޮޅަށް ވޯޓު ދެއްވީ ވިލިމާލޭ ދާއިރާގެ މެމްބަރު ނަހުލާ އަލީ އެވެ. އޭނާ ވިދާޅުވިގޮތުގައި އެއީ ވިލިމާލެ މެޖޯރިޓީ ރައްޔިތުން ދެކޮޅު ކަމެކެވެ.