ޚަބަރުސިޔާސީ

ޕީޕީއެމް އެންމެންގެ ބޮލުގަ ވައްކަމެއް ނޭޅުވޭނެ: އިކްރާމް

ޕީޕީއެމް އެންމެންގެ ބޮލުގަ ވައްކަމެއް ނޭޅުވޭނެ ކަމަށް ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު އިކްރާމް ވިދާޅުވީ ވަކި މީހަކު ކުރާ ކަމެއްގެ ސަބަބުން މުޅި ޕާޓީ ބަދުނާމް ކުރުން ބަލައިނުގަނެވޭ ކަމުގައެވެ.

”މިސާލަކަށް ޕީޕީއެމް. ވައްކަން ކުރުމަކީ ހަމަ ގައިމުވެސް ޕީޕީއެމް އެންމެން ކުރާނެ ކަމެއް ނޫން. މަދު ބަޔަކު ފަހަރެއްގަ ވައްކަން ކޮށްފާނެ. އެއީ ޕީޕީއެމް އެންމެންގެ ބޮލުގަ އެޅުވޭނެ ކަމެއް ނޫން. އެކަން ޕީޕީއެމް މަޖިލިސް މެންބަރުންވެސް ގަބޫލު ކުރައްވާނެ.“ އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ފާހަގަކުރެއްވިގޮތުގައި އެމްޑީީޕީއަކީ ބޮޑު ޕާޓީއަކަށްވާއިރު، ވަކި ބަޔަކު ކުރާ ކަމެއްގެ ބަދުނާމް މުޅި ޕާޓީއަށް ކުރުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމުގައެވެ. އޭނާ ވިދާޅުވިގޮތުގައި ރުޅިވެރިކަމުގެ ވާހަކަ ތަންތަނުގައި ދެެއްކުމަކީ އެހާ ރަނގަޅު ކަމެއް ނޫނެވެ. އަދި މުޖުތަމައުގައި ހަމަޖެހުން ގާއިމް ކުރެވޭނީ ގާނޫނު ބަރާބަރަށް ރަނގަޅަށް ހިންގޭނެ ގޮތަށް އެންމެންގެ ވާހަކަތައް ބައްޓަންކޮށްގެން ކަމުގައި އިކްރާމް ވިދާޅުވިއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button