ޚަބަރު

ބޮޑު ފައުޖެއް ނިކުމެ ސައިޒް ކުރަންވީ ލާދީނީ ޝައިތާނުން: އަލީ ރަމީޒު

ބޮޑު ފައުޖެއް ނިކުމެ ސައިޒް ކުރަންވީ ލާދީނީ ޝައިތާނުންތައް ކަމުގައި ޖަމްއިއްޔަތުއް ސަލަފްގެ އޮޕަރޭޝަންސް މެނޭޖަރު އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.

އަލީ ރަމީޒު މިފަދައިން ވިދާޅުވީ ހަރުކަށި ފިކުރާ ދެކޮޅަށް ބޮޑު ފައުޖެއް އުފައްދައި ރަށު ތެރެއަށް ނެރެން އުނގޫފާރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވަހީދު މިއަދު މަޖިލީހަށް ގަރާރެއް ހުށަހެޅުއްވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އަލީ ރަމީޒު ފާހަގަކުރެއްވިގޮތުގައި މިހާރު ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ މި ގައުމުގައި ތިބި ލާދީނީ ޝައިތާނުންތައް ސައިޒު ކުރުމެވެ.

މެމްބަރު މުހައްމަދު ވަހީދު މިއަދު މަޖިލީހަށް ހުށަހެޅުއްވި މި ގަރާރުގައި ވާގޮތުން ސަލާމަތީ ބާރުތައް ހިމެނޭ ގޮތަށް އުފައްދާ މި ޖަމާއަތް ނޫނީ ފައުޖުން ދީނީ ތައުލީމް ދޭ ތަންތަނާއި މިސްކިތްތައް ބަލަހައްޓަން ލާޒިމް ކުރާނެއެވެ. ވަހީދު ވިދާޅުވީ އެފަދަ ކަންކަމުން ސަލާމަތްވުމަށް ފުލުހުންނާއި، ސިފައިންނާއި، ތަންފީޒީ އިދާރާތަކުގެ މައްޗަށް އެކުލެވޭ ކޮމާންޑެއްގެ ދަށުން ހާއްސަ ފައުޖެއް ރަށުތެރެއަށް ނެރެން ޖެހޭ ކަމުގައެވެ.

One Comment

  1. ދިވެހިރާޖެއިން އިސްލާމްދީން އެއްކޮން ނައްތާލީމަ އެވެރިންނަށް އެއޮތީ ހަރުކަށިކަން ނަށްތާލެ ިިލެވިފަ އިސްލާމްދީން ފޮހެލާނެގޮތެއް އެމީހުނަށްއެއުޅެނީ އަދިހަމަ ނުޖެހިގެން އެގޭނުއެކަންމިހާރު ެެެވެސްހަރާންކަންތަކަންދޫދީފަދީނާގުޅޭކަމެންވެއްޖެއްޔާ އަދަބުދިނުމުގާއުޅޭ ަަަވަރު އިސްލާމްދީންފޮހެލައްއުޅޭބަޔަކުނުހުންނާނެ މޑޕ.ނޫނިއްޔާ މިފަހަރު އެމީހުނަށް ދުވަހަކު ވެސް ފަހިވެގެންނުދާފަހަރަކަށްކޯލިސަނުންވަނީފަހިކޮށްދީފަ ވ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button