ނުރަސްމީ ދަތުރުފުޅެއްގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދު އިންޑިއާއަށް މިއަދު ފުރާވަޑައިގެންފިއެވެ.
ރައީސް ނަޝީދު އިންޑިއާ ވަޑައިގަންނަވަނީ ކިހާ މުއްދަތަކަށް ކަން ކަށަވަރު ނުވިނަމަވެސް މިދިޔަ އޭޕްރީލް މަހުވެސް އެމަނިކުފާނު ވަނީ އިންޑިއާއަށް ވަޑައިގެންފައެވެ. ނަޝީދު އެފަހަރު އިންޑިއާ އަށް ވަޑައިގަތީ އިންޑިއާގެ ނިއުދިއްލީގައި އޮތް ހަތް ވަނަ ރައިސިނާ ޑައިލޮގްގައި ބައިވެރިވެވަޑައިގަތުމަށެވެ.
ނަޝީދު މިފަހަރު އިންޑިއާއަށް ވަޑައިގެންނެވީ އިނގިރޭސިވިލާތަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވުމަށްފަހުގައެވެ.