ޚަބަރު

އިސްލާމް ދީނުގެ ވާހަކަ ހަމައެކަނި ދައްކަނީ ސިޔާސީ ގޮތުން ސްކޯއެއް ކުރަން:ޑރ.ޖަމީލް 

އިސްލާމް ދީނުގެ ވާހަކަ ހަމައެކަނި ދައްކަނީ ސިޔާސީ ގޮތުން ސްކޯއެއް ކުރަން ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ.ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމް ދީނުގައި ޙަރާމްކޮށްފައިވާ ބޮޑެތި ކުށްތައް ޢާންމުވިއިރު، ސަރުކާރުން ބަލަހައްޓައިގެން ތިބީ ކަމަށާ، ސަރުކާރުގަައި ތެދު ނިޔަތެެއް އޮތް ނަމަ ބިރަކާނުލައި މަޖާކުރާ ފިކުރާއެކު ކަންކަން ބޮއްސުންލައިގެން ދިޔައިރު ނުތިބޭނެ ކަމުގައެވެ. އަދި ގަބޫލް ކުރެވޭގޮތުގައި އެއީ ކޯލިޝަންގެ ބައިވެރިން ސިޔާސީ ސްކޯކުރަން އެކަނި ދައްކާ ވާހަކައެއްކަން ޖަމީލް ސިފަކުރައްވާފައެވެ.

ޑރ.ޖަމީލް މިފަދައިން ޓުވީޓް ކުރައްވާފައި ވަނީ ސިޙާޤު ކުރުމަކީ ޤާނޫނުގައި ބޮޑު ކުށަކަށަށް ހަދަން އިސްލާހު ރައްޔިތުން މަޖިލީހަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހުށައެޅުއް ވުމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button