
ހާލަތު ބަދަލު ކޮށްލެވޭނެ ހަމައެކަނި ލީޑަރަކީ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ކަން އެމަނިކުފާނު ސާބިތުކޮށްދެއްވައިފި ކަމުގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި “ހަވާލޭ ވަތަން” ޖަލްސާގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅަށް ތައުރީފް ކުރައްވައި ޑރ.ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޔާމީންގެ ވާހަކަފުޅުން އުންމީދު އާވެއްޖެ ކަމުގައެވެ.
”ގައުމުގެ ހާލަތު ބަދަލުކޮށްލެވޭނެ ހަމައެކަނި ލީޑަރަކީ އެމަނިކުފާނުކަން ސާބިތުކޮށްދެއްވައިފި.“ ޖަމީލު ވިދާޅުވިއެވެ.
އެމްޑީޕީއަށް ހުރިހާ ބާރެއް ލިބި، ފެއިލްވެއްޖެކަން ފާހަގަކުރައްވައި ޖަމީލު ވިދާޅުވީ ޒުވާން ޖީލަށާއި، މުޅި ގައުމަށް އުޖާލާ ރާސްތާއަކަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ވޯޓު ދޭން ޖެހޭ ކަމުގައެވެ.
ރ. @prz_ymnގެ ވާހަކަފުޅުން އުންމީދު އާވެއްޖެ. ޤައުމްގެ ޙާލަތު ބަދަލުކޮށްލެވޭނެ ހަމައެކަނި ލީޑަރަކީ އެމަނިކުފާނުކަން ސާބިތުކޮށްދެއްވައިފި. އެމްޑީޕީއަށް ހުރިހާ ބާރެއް ލިބި، ފެއިލްވެއްޖެ. ޒުވާން ޖީލަށް އަދި މުޅި ޤައުމަށް އުޖާލާ ރާސްތާއަކަށް 2023 ގައި ރ. ޔާމީން IA. pic.twitter.com/RnNfrMXjGT
— Mohamed Jameel Ahmed (@MJameelAhmed) August 20, 2022
ރޭގެ ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ އެ ކޯލިޝަންގެ ޖޮއިންޓް ސެނެޓުން އެވަރުގެ ބޮޑު ނިންމުމެއް ނިންމިއިރު، ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމާއި މެދު އެމަނިކުފާނުގެ ހިޔާލުފުޅު އެންމެ ބޮޑަށް ތަނަވަސް ނޫން ކަމުގައެވެ. އެކަމަކު ގައުމު މިއަދު އޮތް ހާލަތުން އަރައިގަތުމަށް އަދުގެ ކޯލިޝަން ސަރުކާރުގެ ތެރޭގައި އެފަދަ ލީޑަރެއް ހުންނެވިކަން ގަބޫލުފުޅު ނުކުރައްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޔާމީން ވިދާޅުވީ ގައުމުގެ ހާލަތު ބަދަލު ކުރެވެން އޮތީ ޕީޕީއެމް ޕީއެންސީއަށް އެކަނިކަން ގަބޫލުފުޅު ކުރެވުނު ހިސާބުން އެމަނިކުފާނާ ހަވާލު ކުރި ރިޔާސީ ޓިކެޓާއެކު، ވެރިކަމަށް ވަޑައިގަތުމުގެ މަސައްކަތްޕުޅު އަމާނާތްތެރިކަމާއެކު އަދާކުރައްވާނެ ކަމުގައެވެ. އަދި ކޯލިޝަން ހަދަންޖެހޭ ހާލަތެއް އައިސްފިނަމަވެސް ގައުމުގެ ހަރު މުދާ ހިތުހުރިހައި ގޮތަކަށް ނުބައްސަވާނެ ކަމަށާއި ކަންކަން ކުރައްވާނީ ދިވެހިންގެ މަސްލަހަތު އިސްކުރައްވައިގެން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ހާލަތު ބަދަލު ކުރެވޭނީ ދީނުގައި ހިފުމަށް މަސައްކަތް ކުރާ ލީޑަރަކަށް…..އެލީޑަރަކީ ހަމައެކަނި ޢުމަރު.
Dr jameelu aruvaileveyne veribakee hamaekani raees yaameen