ޚަބަރުސިޔާސީ

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ރައީސް ޔާމީނަށް!

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ހަވާލުކޮށްފިއެވެ.

ރައީސް ޔާމީން އާއި ޓިކެޓު ހަވާލުކުރީ ”ހަވާލޭ ވަތަންގެ“ ނަމުގައި މާލޭގެ ކާނިވަލު ސަރަހައްދުގައި މިހާރު ކުރިއަށްދާ ކުލަގަދަ ރަސްމިއްޔާތުގައެވެ. އެމަނިކުފާނާއި ޓިކެޓު ހަވާލުކޮށްދެއްވީ ރާއްޖޭގެ ހުރިހާ ރަށެއް ތަމްސީލު ކުރެވޭ ގޮތަށް އެކުލެވޭ ޕީޕީއެމްގެ އާންމުން މެމްބަރުންނާއި ދެ ޕާޓީގެ ލީޑާޝިޕުންނެވެ. ޔާމީން އާއި ޓިކެޓު ހަވާލުކުރީ މިރޭ 21:22 އެހާކަން ހާއިރެވެ.

މިރޭގެ ޖަލްސާއަށް ކާނިވާ ސަރަހައްދު ފުރިފައިވާއިރު، ޔާމީނަށް ޓިކެޓު ހަވާލު ކުރި ވަގުތު އާންމުންގެ މޫނުމަތިން ފެނުނީ އުފާވެރިކަމާއި އުންމީދެވެ.

ރައީސް ޔާމީނަށް ޓިކެޓު ހަވާލު ކުރީ ޕީޕީއެމްގެ އަސާސީ ގަވައިދުގެ 45 ވަނަ މާއްދާގެ ދަށުން ޕާޓީގެ ސެނެޓުގެ އިއްތިފާގުން ފާސްވުމާ ގުޅިގެންނެވެ. މިއާއެކު އެމަނިކުފާނަކީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button