ޚަބަރު

ގަތުލު ހުއްޓުވުމަށް އޮތް ނިހާއީ ހައްލަކީ ގިސާސް ހިފުން: ހުތުބާ

ގަތުލު ހުއްޓުވުމަށް އޮތް ނިހާއީ ހައްލަކީ ގިސާސް ހިފުން ކަމުގައި މިއަދުގެ ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުތުބާގައި ވަނީ ގިސާސް ނުވަތަ މަރަށް މަރު ހިފުމާ ބެހޭގޮތުން ކީރިތި ގުރުއާނުގައި ވާ އާޔަތެއްގެ މާނަ އިއްވާފައެވެ. އެ އާޔަތުގެ މާނައިގައި ވަނީ އަދި ގިސާސް ހިފުމުގައި ދިރުމެއް ވާކަމާއި، އެއީ ތަގުވާވެރި ވުމަށްޓަކައި އައިސްފައިވާ ހުކުމެއް ކަމުގައެވެ.

އެހެން އާޔަތެއްގެ މާނައިގައިވާގޮތުން ގަތުލުކުރެވޭ މީހުނާއިމެދު ގިސާސް ހިފުމަކީ އިންސާނުންގެ މައްޗަށް ފަރުޟެކެވެ. އިސްލާމް ދީނުގެ ނަޒަރުގައި އިންސާނުންގެ ނަފްސަކީ ވަރަށް ބޮޑަށް ހުރުމަތްތެރިވެގެންވާ  އެއްޗެއްކަން ބަޔާންކޮށް ހުތުބާގައި ބުނީ ހައްގަކާ ނުލައި އިންސާނަކު ގަތުލުކޮށްފި މީހާ، މުޅި އިންސާނިއްޔަތު ގަތުލުކޮށްފިކެމެވެ. އަދި އިންސާނާ މަރާލުމަށްފަހު ހަނގުރާމައިގެ ހާލަތުގައިވެސް ކުރުން ހަރާމް ކުރައްވާފައިވާ އަމަލެއް ކަމުގައިވާ މުޘްލާ ކުރުމުގެ އަމަލު ކަމުގައިވާ، ގުނަވަންތައް ބުރިބުރިކޮށް ވަކި ކުރަމުންދާކަން ފާގަކުރިއެވެ.

މިއަދުގެ ހުތުބާގައިވަނީ އެފަދަ ކަންކަމުން ދުރުހެލިވުމަށާއި, މީހުންގެ މުދަލަށް ގެއްލުން ދިނުންފަދަ އަމަލުތަކުން ނަފްސު ތާހިތު ކުރުމަށް ވަސިއްޔަތް ކޮށްފައެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button