ޚަބަރުސިޔާސީ

މަރަށް މަރު ހިފުމާ ގުޅޭގޮތުން ކުރި ސުވާލުން ރައީސް ނަޝީދު ރެކިވަޑައިގެންފި

ރާއްޖޭގައި މަރަށް މަރު ހިފުމާ ގުޅޭގޮތުން ދެކެވަޑައިގަންނަވާ ގޮތް ހާމަ ކުރެއްވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ދެކޮޅު ހައްދަވައިފިއެވެ.

އެމްޑީޕީގެ އޮފީހުގައި ރައީސް ނަޝީދު މިއަދު ހެނދުނު 11 ޖެހި އިރު ބޭއްވެވި 30 މިނިޓުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަރަށް މަރު ހިފުމާ ގުޅޭގޮތުން ”ބޮންތި“ އިން ސުވާލު ކުރުމުން އެމަނިކުފާނު ވަނީ އެ ސުވާލަށް ޖަވާބު ނުދެއްވައި ރެކިވަޑައިގެންފައެވެ.

އެގޮތުން ރާއްޖޭގައި މަރަށް މަރު ހިފުމަށް ތާއީދު ކުރައްވާނަންތޯ ސުވާލު ކުރުމުން އެމަނިކުފާނު ވިދާޅުވީ އެއީ މިއަދު ގެ ނޫސްވެރިންގެ ބައްދަލުވުމުގެ މައުޟޫގެ ތެރޭގައި ނުހިމެނޭ އަދި ނިޒާމާއި ނުގުޅޭ ސުވާލެއް ކަމުގައެވެ. އެކަމަކު އެމަނިކުފާނު ބޭނުންފުޅުވާ ކަންކަމާ ގުޅޭގޮތުން ވަނީ އެކި މައުޟޫތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ނަޝީދު އާއި ހިލާފަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިމަހުގެ 11 ވަނަ ބޭއްވެވި 4 ގަޑިއިރުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ މަރަށް މަރު ހިފާން ޖެހޭ ކަމަށާއި، އެކަން ކޮށްގެން ނޫނީ ހައްގަކާ ނުލައި މީހުން މެރުން ހަންމަތަ ނުކުރެވޭނެކަން ހާމަކުރައްވާފައެވެ.

 

4 Comments

  1. 2013 ގައި ވަގައް ގިނައަދަދެއްގެ ވޯޓު ލައިގެން ވެރިކަމައް އެރި ޔާމީނު ވެރިކަމުގަ ހުރިއިރު ކީއްވެތޯ ނޫސްވެރިންނައް ނުފެނި ފިލައިގެން އުޅުނީ.. އަންނަނީ ހިނި.. މިއަދު އަނެއްކާ ރައްޔިތުން ކައިރިއައް އަންނަން ޖެހުނީމަ ގުނބޯހައްދާ އުސޫލުން ނޫސްވެރިންނާ ބައްދަލު ކުރީމަ އެއީ މާމޮޅުކަމަކައް މިކަހަލަ ސަރުކާރާދެކޮޅު ނޫހަކައް ވިއަސް ގިނަ ރައްޔިތުންނައް އިނގޭ ޔާމިނަކީ ކާކުކަން.. ދިވެހި ތާރީހުގަ ވެރިކަންކުރި އެންމެ އަނިޔާވެރި ވެރިއެއްގެ ލަގަބު ހޯދައިގެން ދެން މާގިނަދުވަހެއް ނެތް ޖަލުގެ ތޭރިތަކުގެ ތެރެއައް ވަންނާކައް… ޔާމިނު ދެން ވެރިކަން ކުރާހިއްވަންޔާކުރޭ ޖަލުގެ ގައިދީންގެ ވެރިކަން…

  2. ތި އަންނިއަކަށް ނުކެރޭނެ އެއަށް ޖަވާބު ދޭކަށް އެއީ ހައްދު ޖެހުމުގެ މައްސަަލައިގައި މަތީ ކޯޓަށް ޕްރެޝަރ ކުރި މީހެއް އެކަން ނުކުރަން

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button