އިނގިރޭސި ވިލާތުގެ ރެސްޓޯރެންޓެއްގައި ފަރިއްކުޅުއްވަން އިންނަވަނިކޮށް، ރައްޔިތުންގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ފޯނު ފޭރުނު ވާހަކަ ހާމަކުރައްވަން އެމަނިކުފާނު ދެކޮޅު ހައްދަވައިފިއެވެ.
އެމްޑީޕީގެ އޮފީހުގައި ރައީސް ނަޝީދު މިހާރު ކުރިޔަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު އެ ސުވާލު ކުރުމުން އެމަނިކުފާނު ވަނީ އެ މައުލޫމާތު ދެއްވަން ދެކޮޅު ހައްދަވާފައެވެ. އަދި އެއީ މިއަދުގެ ޕްރެސްގެ ނިޒާމާއި ގުޅޭ ސުވާލެއް ނޫންކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އޭގޭ ފަހުންވެސް ނޫސްވެރިން ވަނީ އެ ސުވާލު އެކި ގޮތްތަށް ކޮށްފައެވެ. އެހެން ނަމަވެސް މައުޟޫއިން ބޭރުން ތަފާތު އެކި ވާހަކަފުޅުތައް ދައްކަވައި އެމަނިކުފާނު ވަނީ އެ ސުވާލުން ރެކިވަޑައިގެންފައެވެ.
ރައީސް ނަޝީދުގެ ފޯނު ފޭރިގެންފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޒިނޭ ކުރާ 4 ގަނޑު ފޮޓޯ އެމަނިކުފާނުގެ ފޯނުގައި ހުރިކަމަށް ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އެއާއެކު ނަޝީދުގެ ފޯނު ޖަހައިގެންދިޔުމަކީ ބޮޑު ޖޯކެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވަނީ ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން ރޮޒޭނާ ވިދާޅުވީ ހަތަރު ފޮޓޯ އަކާއެކު ރައީސް ނަޝީދުގެ ފޯން ޖަހައިގަތުމަކީ ގަރުނުގެ އެންމެ ބޮޑު ޖޯކު ކަމަށެވެ.
މިނޫހައް ކިޔަންވީ ‘ފިތުނަފަސާދަ’.. ވަގައް ވެރިކަންހޯދާ ވައްކަން ކުރަމުންދިޔައިރު ދުނިޔޭގެ އިގްތިސާދުގެ ހާލަތުއޮތީ އާރޯކަންމަތީގަ ފާގަތިކަމާއެކު.. %100 އެއްވެސް ހާސްކަމެއްނެތި ހިންގުނު ޕްރޮޖެކްޓް ތަކާއި ނެގި ލޯނުތަކުން ނިސްބަތުން ކުރެވުނު ކަންކަމާއި، މިސަރުކާރު ފެށުނުއިރު ދުނިޔެއައް ކުރިމަތިވި ދަތިދުވަސްވަރުގަވެސް ހުއްޓުމެއްނެތި ތަރައްގީގެ ޕްރޮޖެކްޓްތައް ހިންގަމުންގެންދިޔައީ ތާރީހުގަ ނުހިނގާހާ ގިނަ އަދި ބާރުސްޕީޑު ގައިކަން ގިނަރައްޔިތުންނާ ދުނިޔެވެސް ގަބޫލުކުރޭ.. ހަގީގަތް އޮޅުވާލަން ޔާމިނައްޓަކާ ތިކުރާމަސަތްކަތް ކާމިޔާބެއްނުވާނެ..