ޚަބަރު

ޤާނޫނުގައި ޤިޞާޞްގެ ޙުކުމް ނެތިފައިވަނިކޮށް އޭގައި އެޙުކުމް ހިމަނައިދެއްވީ ރައީސް ޔާމީން: ސަލަފް ރައީސް

ޤާނޫނުލް އުޤޫބާތުގައި ޤިޞޯޞްގެ ޙުކުމް ނެތިފައިވަނިކޮށް އޭގައި އެޙުކުމް ހިމަނައިދެއްވީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އައްޝައިޚް ޢަބްދުﷲ މުޙައްމަދު މިފަދައިން ވިދާޅުވީ ހޯމް މިނިސްޓްރީގެ ޑިރެކްޓަރ އަހުމަދު މަޢުރޫފް ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

މަރަށް މަރުހިފުމަކީ އެއްވެސް ރައީސަކަށް ފަސޭހަ ކަމެއް ނޫންކަމަށާއި، އެހެން ނަމަވެސް ޤިޞޯޞް ހިފުމަށް އޭރު ވެސް، އަދި މިހާރު ވެސް އަދި އޭގެ ކުރިން ވެސް ހުރި ހުރަސްތަކުގެ ވާހަކަ ރައީސް ޔާމީން ތަފްޞީލް ކޮށްދެއްވުމަށްފަހުވެސް އެވާހަކަތައް ފަހުމްނުވެ މައުރޫފް ވަނީ ޖަމިއްޔަތުއް ސަލަފަށާއި، ސަލަފްގެ ބައެއް ޢިލްމުވެރިންނަށް އަމާޒުކޮށް ސުވާލެއް އުފައްދަވާފައެވެ.

މަޢުރޫފް ގެ ޓްވީޓްގައި ވަނީ މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ހޯމް މިނިސްޓަރ އިމްރާން‬⁩ މަޖިލީހުގައި ދެއްކެވި ވާހަކައާ ގުޅިގެން އެންމެ ބޮޑަށް ފާޑުކިޔާފައިވާ ސަލަފް ޖަމިއްޔާ އާއި އަދި ޝައިޚް ހަސަން ފިކްރީ ފަދަ ޢިލްމުވެރިން ފަދަ ބޭފުޅުން މިއަދު ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

މަޢުރޫފްގެ ސުވާލަށް ޖަވާބު ދެއްވަމުން ސަލަފްގެ ރައީސް ވިދާޅުވީ މިއަދުވެސް އެބޭފުޅުން ތިއްބެވީ އިއްޔެވެސް ތިބި ގޮތަށް ކަމަށެވެ. އަދި ރައީސް ޔާމީން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ޤިޞޯޞް ހިފުމަށް ފުރުޞަތު ދޭނެކަމަށް ކަމާއި، މީގެ އިތުރުން ޤާނޫނުލް އުޤޫބާތުގައި ޤިޞޯޞްގެ ޙުކުމް ނެތިފައިވަނިކޮށް އޭގައި އެޙުކުމް ހިމަނައިދެއްވީވެސް ރައީސް ޔާމީން ކަމަށާއި އެެކަން އޮޅުވައިނުލެއްވުމަށް ޝައިޚް މުޙައްމަދު ވަނީ އެދިވަޑައިގަންނަވާފައެވެ.

ސަލަފް ރައީސް ކުރެއްވި ޓްވީޓް.

 

ޤާނޫނު ހެއްދެވީ ޝައިޚް މުޙައްމަދު ތޯ މާއްޓޭ ނަމަކަށް ކިޔާ މީހަކު ބުނުމުން ޝައިޚް ވިދާޅުވީ ޤާނޫނުލްއުޤޫބާތުގެ 1205 ވަނަ މާއްދާ އަކީ ރައީސް ޔާމީންގެ އެދިވަޑަައިގަތުމަށް އެބޭފުޅުން ދެެއްވި ޑްރާފްޓެއް ކަމަށާއި، އެ ފާސްކޮށްދެއްވީ ޕީޕީއެމްގެ އޭރުގެ މަޖިލިސް މެޖޯރިޓީގެ ބޭނުން ހިފައިގެން ޔާމީންގެ ހާއްސަ އަމުރަކަށް ކަމުގައެވެ. އަދި އެކަން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) ގެ އަރިހުން ސާފުކުރުމަށްވެސް ޝައިޚް ވިދާޅުވިއެވެ.

ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ޤިޞާޞް ހިފުމާއި ގުޅޭގޮތުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމުގައި ހުންނެވި ފަސް އަހަރުގައި ޤިޞާޞް ހިފުމަށްޓަކައި އޭރުގެ ކެބިނެޓަށް ހުށަހެޅުއްވި ކަމަށާއި، އޭރުވެސް ޤަބޫލުފުޅު ކުރެއްވީ އެފަދަ މައްސަލަތަކަށް ލުޔެއް ލިބޭނީ ޤިޞޯޞް ހިފައިގެން ކަމަށާއި އަދި މިހާރުވެސް ޤަބޫލުފުޅު ކުރައްވަނީ މަރަށް މަރު ހިފަން ޖެހޭނެކަމަށް ކަމުގައެވެ.

4 Comments

  1. މިރާއްޖޭގާ މިހާރު ތިއްބެވީ އެއްބާ ދަންނަބޭކަލުންނާ ބައެއް ދަންނަ ބޭކަލުންނެވެ ފުރިހަމަ ދަންނަބޭކަލަކު ހުރިކަމަކައް ލަފައެއް ނުކުރެވޭ ސަބަބަކީ ދަންނަބޭކަލުން ސިއާސީ ވެގެން ފަތުވާއެއް ނުނެރޭނެ

    1. ކަލޭ ސުރުހީ އެކަނި ކީމަ ބޮލުރޮދި ގޮއްސަ ތިހުރީ.. އަބަދު މަސްތުގަ ތިޔަ ތިބެނީ ގިރިއަށް އަރާފަ. ހަބަރު އެކީގަ ކިޔާފަ އަދި އެއްފަހަރު ރައީސް ޔާމީންގެ ޕްރެސް ބަލާފަ ނިދާބަލަ

  2. ކީއްކުރާނީ ހަގީގަތާ ކުރިމަތިލާން ތިޔަ ލާދީނީ ބައިގަނޑަށް ނުކެރޭނެ. ރައީސް ޔާމީން ދެކެ ހާދަ ބިރެކޭ ދޯ ތިގަންނަނީ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button