ޚަބަރު

ނަޝީދާއި އޭނާގެ ތާއީދަރުންވަނީ ރައީސް ވަހީދު ދިރިހުއްޓާ ޤަތުލު ކޮށްފަ: ސަލަފް ރައީސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި އޭނާގެ ތާއީދަރުންވަނީ ކުރީގެ ރައީސް ޑރ. މުޙަައްމަދު ވަހީދު ދިރިހުއްޓާ ޤަތުލުކޮށްލާފައިކަމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް އައްޝައިހް އަބްދު ﷲ ބިން މުހައްމަދު ވިދާޅުވެއްޖެއެވެ.

ސަލަފްގެ ރައީސް މިފަދައިން ވިދާޅުވެ ޓްވީޓްކުރައްވާފައި މިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމަށް ފަހު ނިކުމެވަޑައިގެން އުފެއްދެވި ދޮގު ވާހަކަތައް ޤަބޫލުކޮށް އެމަނިކުފާނާއި އާއިލާއަށް އަނިޔާވެރި ބަސްތަކާއި އަމަލުތައް ރައްދު ކުރި ހުރިހާ އެންމެންނަށް މާފު ދެއްވާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު ޑރ. މުހައްމަދު ވަހީދު ހަސަން މަނިިކު ވިދާޅުވުމާއި ގުޅިގެންނެވެ.

އަބްދުالله ގެ ޓްވީޓްގައި ވިދާޅުވީ ރައީސް ވަހީދަކި ރާއްޖޭގެ ރައީސުންކުރެ،ސިޔާސީ މައިދާނުގައި ނުޙައްޤުން އެންމެ އަނިޔާ ލިބުނު ރައީސް ކަމުގައެވެ. އަދި ނަޝީދާއި އޭނާގެ ތާއީދަރުންވަނީ އެމަނިކުފާނު ދިރިހުއްޓާ ޤަތުލުކޮށްލާފައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަޙީދުގެ ވެރިކަން ފެނިފައިވަނީ ކެތްތެރި،ހިތްތިރި،ހިތްވަރުގަދަ ވެރިކަމެއްކަމުގައި ކަމަށް ސަލަފްގެ ރައީސް އަބްދުالله ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button