ޚަބަރުސިޔާސީ

އަޅުގަނޑަށް ރަނގަޅީ ޗެލެންޖިންގ ސުވާލު ކުރިވަރެއް

ދިގު މުއްދަތަކަށް ފަހު އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމިން އަބްދުލްގައްޔޫމް ރޭ ނޫސް ވެރިންނާއި ބައްދަލުކުރައްވައި ވާހަކަ ފުޅުދައްކަމުން ވިދާޅުވީ ”އަޅުގަނޑަށް ރަނގަޅީ ޗެލެންޖިންގ ސުވާލު ކުރިވަރެއް“ މިފަދައިންނެވެ.

މިއީ 3 އަހަރަށް ފަހު އެމަނިކުފާނު ނޫސްވެރިންނާއި ބައްދަލު ކުރެއްވި ފުރަތަމަ ފަހަރުވެސް މެއެވެ. އަދި އެމަނިކުފާނުގެ އެދި ލެއްވުމަށް ނޫސްވެރިން ވަގުތު ހުސްކޮށްދެއްވައި އައިސް ދިނީތީ ޝުކުރު އަދާކުރެއްވިއެވެ.

ރައީސް ޔާމީން ފާހަގަކުރެވެނީ ދޫފަރިތަ ގަޓު ހުރި ކެރޭ ރައީސެއެއްގެ ގޮތުގައެވެ. އެމަނިކުފާނާ ދެކޮޅަށް ކޯޓުގައި މިހާރުވެސް ހިގަމުންދާ މައްސަލައާ ގުޅޭގޮތުން ނޫސްވެރިން ރޭ ކުރި ތަފާތު އެތައް ސުވާލަކަށް ވަރަށް ފާޅުގައި ޖަވާބު ދެއްވިއެވެ. ހަމައެއާއި އެކު ސިޔާސީގޮތުން  އެކުގައި މަސައްކަތްފުޅުކުރެއްވި އެތައް ބައެއްގެ ވާހަކަފުޅަށް ރައްދުވެސް ދެއްވިއެވެ. އަދި ރޭގެ ޕްރެސްގެ ފޭސްބުކް ލައިވް އެތައް ހާސް ބަޔަކު ވަނީ ބަލާފައެވެ.

ޕުރެސް ގެ ކުރިން އެމަނިކު ފާނުގެ ސަޕޯޓަރުން މީސް މީޑިޔާގައި ފާޅުކުރި ޝުޢޫރު ތަކުގެ ތެރޭގައި ‏މުޅި ގައުމު އިންތިޒާރުކުރަމުން ދިޔައީ އެމަނިކުފާނުގެ ނިއުސް ކޮންފެރެންސްއަށް ކަމަށާއި، ރާއްޖޭގެ ހުރި އެންމެ ތާއީދު ބޮޑު ލީޑަރަކީ ރައީސް ޔާމީންކަން ޔަގީން ކަމަށް ބުނެފައިވެއެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button