ޚަބަރު
ލިވާތު ކުރި މައްސަލާގައި ހިމެނޭ ދެ މީހަކަށް އުމްރާއަށް ދިއުމުގެ ހުއްދަ ދީފި
ލިވާތު ކުރި މައްސަލާގައި ހިމެނޭ ދެ މީހަކު އުމުރާއަށް ދިއުމުގެ ހުއްދަ ފުލުހުން ދީފިއެވެ.
ބަންގްލަދޭޝްގެ އަލަމްގީރާއެކު ލިވާތު ކުރި މައްސަލާގެ ތަހުގީގެ ތެރެއިން މީހުން ދެނެގަނެ އެމީހުންގެ ފުރުން މަނާކޮށްފައިވާކަމަށް މީގެ ކުރިން ބުނެފައިވާއިރު އުމުރާގެ އަޅުކަން އަދާކުރަން ހުއްދަ ދިނީ ކުރިން އިންތިޒާމް ހަމަޖެހިފައިވާ ދެމީހަކަށެވެ.
އަލަމްގީރާއެކު އެކު ލިވާތު ކުރި މައްސަލައިގައި 18 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމުގައި މީގެ ކުރިން ފުލުހުން ވަނީ ބުނެފައެވެ.
އަލަމްގީރާއެކު ލިވާތު ކުރި ކަމުގެ ތުހުމަތު ކުރެވޭ ފަރާތްތައް
- މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު
- ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި ނޮޅިވަރަން ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް)
- ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުގެ ސީނިއާ މީހެއް ކަމުގައިވާ ސާޖަންޓް އަބްދުއްރަހުމާން ރަފީއު (ދޮންދިގު)
- އިމާދުއްދީން ސްކޫލްގައި މަސައްކަތްކުރަމުން އައި ށ. ކޮމަންޑޫ އަށް ނިސްބަތްވާ އަބުދުއްރަހްމާން ހަސަން
- ގަލޮޅު މިސްކިތެއްގައި އިމާމުވެ ނަމާދު ކުރާ މުދިމެއް
- ރައްޔިތުންގެ މަޖިލީހުގެ މުވައްޒިފެއް
- ކަސްޓަމްސްގެ ދެ އޮފިސަރެއް
- އިސްލާމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އިބްރާހިމް ރާފިއު (ރާއްޕެ)
- ސިފައިންގެ މީހެއް
- ހޯމް މިނިސްޓްރީގެ މުވައްޒިފެއް
އަލަމްގީރް ނޫން ބަޔަކާއެކު ލިވާތު ނުވަތަ އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭ ފަރާތްތައް
- ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ނަސީރު އިބްރާހިމް
- ޓިކްޓޮކްތަރި މަރިޔަމް ޝިފާ