ޚަބަރު

ޔޯގާ ހަމަނުޖެހުން: އިތުރު 4 މީހަކު ދޫކޮށްލައިފި

21 ޖޫންގައި ސަރުކާރާއި އިންޑިއާއިން ގުޅިގެން ގަލޮޅު ދަނޑުގައި ކުރިޔަށް ދިޔަ ޔޯގާ ހަރަކާތަށް ބަޔަކު ހުރަސްއެޅި މައްސަލައިގައި އިތުރު 4 މީހަކު ބަންދުން ދޫކޮށްލައިފިއެވެ.

އެމީހުން ބަންދުން ދޫކޮށްލީ ބަންދުގައި ބަހައްޓަންޖެހޭ ވަރުގެ ހެކި ގަރީނާ ނެތިގެންނެވެ. އެކަމަކު އެމީހުން ދޫކޮށްލީ ފޯނު ނަންބަރާއި އެޑްރެސް ބަދަލުވާނަމަ، އެންގުމަށާއި، މާލެއިން ބޭރަށް ދާނަމަ ހުއްދައަށް އެދުމާއި، ތަހުގީގަށް އެއްބާރުލުން ދޭ މަތިން ޝަރުތުކޮށްފައެވެ.

މި މައްސަލައިގައި ޝެއިޚް އާދަމް ނިޝާން ބަންދު ކުރުމަށްފަހު 45 ދުވަސް ފަހުން ދޫކޮށްލީ އާދީއްތަ ދުވަހުއެވެ.

ޝެއިޚް ނިޝާންގެ ބަންދަށް ގާޒީ މިސްބާހު މިމަހުގެ 5 ވަނަ ދުވަހު އިތުރު ކުރެއްވީ 3 ދުވަހެވެ.
ޓެރަރިޒަމްގެ ގާނޫނުގެ 26 ވަނަ މާއްދާގެ ދަށުން މުއްދަތު އިތުރުކުރުމަށް އެދޭނަމަ، ގާނޫނު ބުނާގޮތުން 45 ދުވަހުގެ ތެރޭ ތަހުގީގު ނިންމައި ޕީޖީއަށް މައްސަލަ ފޮނުވަން ޖެހެއެވެ.

ނިޝާންގެ މުއްދަތު އިތުތުކުރުމަށް ފުުލުހުން އެދިފައިވަނީ ޓެރަރިޒަމް މަނާ ކުރުމުގެ ޤާނޫނުގެ 26 ވަނަ މާއްދާގެ (ލ) ގެ ދަށުންނެވެ. އެހެންކަމުން ގިނަވެގެން 45 ދުވަހުގެ ތެރޭ ޝެއިޚަށް ކުރާ ތުހުމަތުގެ މައްސަލަ ތަހުގީގުކޮށް ޕީޖީއަށް ހުށަހެޅުމަކީ ތަހުގީގީ އިދާރާއަށް ލާޒިމް ވާކަމެކެވެ. އެއަށް ވުރެން ގިނަދުވަސް ތަހުގީގަށް ބޭނުންވާނަމަ، ފުލުހުން ޖެހޭނީ ޕީޖީގެ ފަރާތުން އެދިގެން ތަހުގީގަށް މުއްދަތު އިތުރު ކުރަން ކަމުގައި ގާނޫނުގައި ބަޔާންކޮށްފައިވެއެވެ.

އެފަދަ އެދުމެއް ފުލުހުން ޕީޖީގަ އެދިފައިވާ ކަމަށް ބުނި ނަމަވެސް އެ ލިޔުމެއް ލިބިފައެއް ނެތެވެ. އަދި މި މައްސަލާގަ ނިޝާން އާއި ދެކޮޅަށް ފުލުހުން އާހެއްކެއް ހުށަހަޅާފަވެސް ނެތެވެ. އެހެން ކަމުން 45 ދުވަހަށް ވުރެ އިތުރަށް ނިޝާން ބަންދުގައި ބަހައްޓަންޖެހޭ ގާނޫނީ ސަބަބެއް ދައުލަތަށް ނުދެއްކުނީއެވެ.

ޖޫން 21 ވަނަ ދުވަހުގެ ހެދުނު ސަރުކާރާއި އިންޑިއާގެ އިސްވެރިންތަކެއް ގަލޮޅު ދަނޑު ތެރޭގައި ޔޯގާ ހަދަން ތިއްބައި ހިނގައިދިޔަ ހަމަނުޖެހުން ރާވާ ހިންގި ކަމުގެ ތުހުމަތުގައި ޝެއިޚް ނިޝާންގެ އިތުރުން ޝެއިޚް ފަޟްލޫން ބިން މުހައްމަދުވެސް ބަންދު ކުރުމަށްފަހު ޝަރުތުތަކަކާއެކު ދޫކޮށްފައިވެއެވެ.

މައުލޫމާތު ލިބޭގޮތުގައި މި މައްސަލައިގައި ބަންދުން ދޫނުކޮށް މިހާރު ތިބީ 7 މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button