ޚަބަރު
މާލޭގައި އަންހެނަކު ރޭޕު ކުރި މައްސަލައެއް ބަލަނީ
މާލޭގައި އަންހެނަކު ރޭޕު ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މާލޭގައި އަންހެނަކު ރޭޕު ކުރި މައްސަލައެއް އިއްޔެ އެ އިދާރާއަށް ހުށަހަޅާފައިވާ ކަމުގައެވެ. އަދި އެމައްސަލަ ތަހުގީގު ކުރާކަމުގައިވެސް ފުލުހުން ބުންޏެވެ.
އެނގިފައިވާގޮތުގައި މި ހާދިސާ ހިނގާފައިވަނީ ރަށްޓެހިންތަކެއް އެއްކޮށް ތަނަކަށް ގޮސް އުޅުމުގެ ތެރޭގައި އަންހެން މީހާ ރަށްޓެހިވެގެން އުޅޭ ފިރިހެން މީހާ އެހެން މީހަކު ގެއަށް ގެންގޮސްދޭން ނިކުތް ދަނޑިވަޅުގައެވެ.
މީސް މީޑިއާގައި އަންހެން މީހާ ވަނީ އޭނާ ރޭޕު ކުރިކަމަށް ބުނާ މިހާގެ ފޮޓޯވެސް އާންމުކޮށްފައެވެ.