
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ ޝާޖްހާންޕޫރުގައި ދެ މަހުގެ ތުއްތު ބަކަރިއެއް ރޭޕްކުރިކަމުގެ ތުހުމަތުގައި 35 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް އިންޑިއާގެ ފުލުހުން ބުނެފި އެވެ.
މި ބަކައްޓަކީ ސެހްރާމާއުގެ ޗަންޕޫރު އަވަށަށް ނިސްބަތްވާ ދަރާ ސިންގްގެ ބަކައްޓެކެވެ. އިންޑިއާގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް (ސިޓީ) ސަންޖޭ ކުމާރު ވިދާޅުވީ، އެ ބަކަރި ރޭޕްކޮށްފައިވަނީ ހޮނިހިރު ދުވަހުގެ ރޭ އެ އަވަށަށް ނިސްބަތްވާ ރާމްޕްރަސާދު (35އ) ކަމަށެވެ.
އެ އަމަލުގެ ތެރޭގައި އޭނާ ހިފެހެއްޓުމަށްފަހު އެރަށުގެ ރައްޔިތުން އެމީހާގެ ގައިގައި ތަޅައި ފުލުހުންނާ ހަވާލުކުރިއެެވެ. އަދި ފުލުހުން ބުނީ ވެޓެރިނަރީ ޑޮކްޓަރަކު އެ ބަކަރީގެ މެޑިކަލް އެގްޒެމިނޭޝަނެއް ހަދާފައިވާ ކަމަށެވެ.