ހައިދަރް އާބާދުގެ ހާއްސަ ކެއުންތައް ލިބޭ ”ނަގަސް“ ރެސްޓޯރެންޓް ހުޅުވައިފި
އިންޑިއާގެ އަންދްރާ އާއި ހައިދްރައާބާދުގެ ރަހަމީރު ކެއުންތަކަށް ހާއްސަ ރެސްޓޯރެންޓެއް ކަމަށްވާ ”ނާގަސް“ގެ ރެސްޓޯރެންޓެއް ހާބަރު ފުޑް ކޯޓުގައި ރޭ ހުޅުވައިފި އެވެ.
ފުޑްކޯޓްގެ 17 ވަނަ ޔުނިޓްގައި ހުންނަ ”ނާގަސް އެކްސްޕްރެސް“ ހުޅުވައިދެއްވީ މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އެވެ.
ފްޑްކޯޓުގައި ހުޅުވި ރެސްޓޯރެންޓާ ބެހޭ ގޮތުން ނަގާސްގެ ލޯކަލް އޭޖެންޓު ގްރީން ގްރޯ ފުޑްސްއިން ބުނީ އިންޑިއާގެ ތަފާތު ކެއުންތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމުގައެވެ. 50 މީހުންގެ ޖާގައިގެ މި ރެސްޓޯރެންޓުން ހުޅުމާލޭގައި ހުންނަ ނަގާސް ރެސްޓޯރެންޓުން ލިބޭ ހުރިހާ ހިދުމަތްތަކެއް ލިބޭނެ ކަމަށް ގްރީން ގްރޯ ފުޑްސް އިން ބުންޏެވެ.
”އަޅުގަނޑުމެންގެ ބުފޭއެއް ނުހުންނާނެ. ކަސްޓަމަރަކު ބޭނުންވާ ކެއުމެއް ދިހަ މިނެޓް ތެރޭގައި ލިބޭނެ.“ ގްރީން ގްރޯ ފުޑްސް އިން ބުންޏެވެ.
މަސާލާ ދޯސާ، ވަޑޭ އަދި އިޑްލީ ކަހަލަ އިންޑިއާގެ ހާއްސަ ކާނާތައް ކަސްޓަމަރުންގެ ކުރިމަތީ ލައިވްކޮށް ތައްޔާރުކުރާ މި ރެސްޓޯރެންޓުގެ ރެސިޕީތަކަކީ އިންޑިއާގެ ގަނޑުވަރުތަކުގައި ކައްކަން ބޭނުން ކުރި އަސްލު ރެސިޕީތަކެވެ.
އިންޑިއާގެ އެކި ކަންކޮޅުތަކުގައި ނަގާސްގެ 42 ރެސްޓޯރެންޓު ހުރެއެވެ. އަދި މިއީ ދިވެހިންގެ މެދުގައިވެސް ވަރަށް މަގުބޫލު އުފެއްދުންތައް ލިބޭ ރެސްޓޯރެންޓް ޗެއިން އެއްކަން ފާހަގަކޮށްލެވެއެވެ.
India Out Mizzu bro
India sifain out kiyan vee india hurihaa meehun out kiyaane kame ne