ޚަބަރު

އެމްއެމްޕީއާރުސީގެ ހިޔާނާތާ ރައީސް ޔާމީނާ ގުޅުވައި ނާޒިމް އިތުރުފުޅު ހައްދަވައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތާ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމާ ގުޅުވައި ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަން ކުރެއްވި އަހުމަދު ނާޒިމް އިތުރުފުޅު ހެއްދެވިކަން ހާމަވެއްޖެއެވެ.

މިކަން ހާމަވެފައިވަނީ ވ.އާރަށް ކުއްޔަށް ދިނުމުގައި ހިންގި މުއާމަލާތާ ގުޅޭ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިޔަށް ދިޔަ އަޑު އެހުމުގައި ދައުލަތުގެ ފަރާތުން ޝަފަހީ ހެއްކަކަށް ނާޒިމް ހުށަހެޅުމުން އޭނާ ދެއްކެވި ވާހަކައަކުންނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މޭސްތިރިޔަކީ ރައީސް ޔާމީން ކަމަށް ނާޒިމް ވިދާޅުވުމާއި ގުޅިގެން އެމަނިކުފާނުގެ ދިފާއީ ވަކީލު އާދަމް ޝަމީމް ވަނީ ނާޒިމް އާއި ސުވާލުތަކެއް ކުރައްވާފައެވެ.

އެގޮތުން ދެކުންފުންޏެއް ގުޅިގެން ވިޔަފާރީގެ މުއާމަލާތެއް ނުވަތަ ޑޮލަރު ގަނެ ވިއްކުމުގެ މުއާމަލާތެއް ހިންގުމަކީ ގާނޫނާ ހިލާފް ކަމެއް ތޯ ނާޒިމް އާއި ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެއީ ހުއްދަ ކަމެއް ކަމުގައެވެ.

ވަކީލު އާދަމް ޝަމީމް ނާޒިމް އާއި ކުރި ސުވާލުތަކާއި ޖަވާބު

އެފަދަ ކަމެއް ކުރަން ކުންފުނީގެ ބޯޑުން ނިންމާ ނިންމުމަކީ ގާނޫނާ ހިލާފް ކަމެއްތޯ؟ ނޫން

ކޮންތާކުތޯ އެމްއެމްޕީއާރުސީގެ ހިޔާނާތް ހިނގީ؟ ހުރިންތޯ؟ ނެތިން. ބައިވެރިއެއް ނުވަން.

ކޮންބަޔަކު ކުރި ކަމެއް؟ އެއީ ޔާމީން ކުރި ކަމެއް.

އަދީބު 15 މިލިއަން ގެނައީ ކޮންތާކުންތޯ؟ ނޭނގެ.

އެއީ 15 މިލިއަން ކަން ކިހިނެއް އެނގުނީ؟ އަދީބު ބުނީމަ އެނގުނީ.

ދުށިންތޯ އެ ދަބަހުގެ އެތެރެ؟ ނޫން.

ޖަލަށް ލީ ޔާމީން ތޯ؟ ނޫން. އެކަމަކު ސުޕްރީމް ކޯޓުން އަޅުގަނޑު ޖަލަށް ލީމަ ޔާމީނަށް ނޭނގިއެއް ނުހުންނާނެ

އެމްއެމްއާރުސީގެ ހިޔާނާތް ރޭވި ތަން ނާޒިމަށް ނޭނގޭއިރު، ރައީސް ޔާމީން އެ ހިޔަނާތުގައި ބައިވެރިވިގޮތް ކަމަށް ނާޒިމް ހާމަކޮށްދެއްވަން ބޭނުންވީ އެމްއެމްޕީއާރުސީއިން ދިން ޑޭޓެޑް 2 ޗެކަކަށް އެމްޕީއެލުން 2.5 މިލިއަން ޑޮލަރުގެ ދެ ޗެކް ދޫކުރި ކަން އޭނާ އަށް އެނގޭ އެނގުމެއްގެ މައްޗަށް ބިނާކޮށެވެ. އަދި އެކަން ކުރީ އަދީބު ކަމަށާއި، އެ ފައިސާ ހާމިދު ސޭޓު ނަމަކަށް ކިޔާ އަދީބުގެ ގާތް މީހެއްގެ އެކައުންޓަށް ޖަަމާކޮށް، އެ ފައިސާ ރައީސް ޔާމީންގެ ކެމްޕެއިނަށް ފަންޑު ކުރި ވިޔަފާރިވެރިޔާ އަށް ދިން ކަމަށް ނާޒިމް އަމިއްލައަށް ވިދާޅުވާ ވިދާޅުވުމެއްގެ މައްޗަށް ބިނާކޮށެވެ.

ނާޒިމް ވިދާޅުވާގޮތުން 28 އެޕްރީލް 2014 ގައި އަދީބު އެކަން ކުރެއްވިކަން ރައީސް ޔާމީނަށް އެނާ ދެންނެވިއެވެ. އަދި އޮޑިޓަރ ޖެނެރަލް ރިޕޯޓް ނެރުއްވުމުން އެކަމަށް ފިޔަވަޅު އަޅުއްވާނެކަމަށް ޔާމީން ވިދާޅުވިކަން ނާޒިމް ވަނީ ޝަރީއަތުގެ މަޖިލީހުގައި ފާހަގަކުރައްވާފައެވެ.

 

6 Comments

  1. ޔާމީނާކި މި ދިވެހި ފަސްގަޑު ނުދެކޭފަދަ ބޮޑު ވާވު އެއްކަން އެންމެންނަށަވެސް އެގެއެވެ. މިހާރު ފޫބުޑުން މިއެބުރަެ ގިނަ މީހުންނަކީވެސް މީނައަށް ވެރިކަން ލިބިއްޖެނަމަ، ތިމާމެންނަށްވެސް އެ ފަުރުސަތު ކުރީގައިހެން ފަހިވާނެކަން އެގޭތީ އުޅޭ މީހުންނެވެ. ﷲ އެފަދަ ފުރުސަތެއް ދެން މި ދިވެހިރާއްޖެއަށް ނުދެއްވާށިއެވެ. އާމީން

  2. ބޮޑުވަގު ބޮޑުވަގު ބޮޑުވަގު އަދިވެސް ވެރިކަމަށް އަންނަން އެބައުޅޭނު! ރާއްޖޭގައި ޢަދިވެސް ނުވިއްކާހުރި ފަޅަކަސް ރަށަކަސް މިފަހަރު ވިއްކާލާނެކަން ޔަގީނެވެ. މީނަކައިރީ މީނައަށް ވެރިކަން ހޯދަދޭންވެސް މިއުޅެނީ މީގެ ކުދި ވަގުންތަކެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button