ޚަބަރުދުނިޔެ

ދެބެއިން ދަން ޖެއްސީ ރޭޕު ފޮރުވުމަށް!

އިންޑިއާގެ އަވަށެއްކަމަށްވާ ލަކިމްޕޫރ ޙޭރީ ޑިސްޓްރިކްޓް ވަލުތެރޭގެ ގަހެއްގައި ދަންޖެހިފައި ހުއްޓައި މިދިޔަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ފެނުނު އުމުރުން 17 އަހަރާއި 15 އަހަރުގެ ދެބެއިންގެ ހަށިގަނޑު ދަންޖައްސާފައިވަނީ ރޭޕުކޮށް މަރާލުމަށްފަހު އެކަންފޮރުވުމަށްކަމަށް، އިންޑިއާގެ ފުލުހުންނާއި ހަވާލާދީ އެގައުުމުގެ ނޫހެއް ކަމަށްވާ ދި އިންޑިއަން އެކްސްޕްރެސް އިން ރިޕޯޓް ކޮށްފިއެވެ.

މި މައްސަލައާއި ގުޅިގެން ހަ މީހުން ހައްޔަރުކޮށްފައިވާއިރު، މި މީހުން އަދިވެސް ތިބީ ޖަލުގައެވެ. އޭގެ ތެރެއިން އެކަކު ހައްޔަރު ކުރީ އޭނާގެ ފަޔަށް ބަޑީގެ ހަމަލާއެއް ދީ ޒަހަމްކޮށްލާފައި ވަނިކޮށެވެ. އެ ހަ މީހުންގެ މައްޗަށް އެކި ތުހުމަތުތަކުގައި ފުލުހުން މިހާރުވެސް ވަނީ ދައުވާ ޝީޓެއް ހުށަހަޅާފަ އެވެ.

ލަކިމްޕޫރު ޚޭރީ ޑިސްޓްރިކްޓްގައި ގޭންގް ރޭޕްގެ ޝިކާރައަކަށްވި ކަމަށް ތުހުމަތު ކުރެވޭ ކުޑަ ދެބެއިން މަރާލިތާ ގާތްގަނޑަކަށް ތިން ހަފުތާ ފަހުން، ތުހުމަތު ކުރެވޭ ހަ މީހުންގެ ތެރެއިން ތިން މީހެއްގެ އާއިލާއިން ވަނީ އެ މީހުންނަކީ ކުޑަ ކުދިން ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ ގައުމުގެ ކޯޓަކަށް ޕެޓިޝަން ހުށަހަޅާފަ އެވެ.

ލަކިމްޕޫރް ޚޭރީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ސަންޖީވް ސުމަން މީގެ ކުރިން ވަނީ އެ އެންމެންނަކީ ވެސް ވިހި ވަނަ އަހަރު ތިބި މީހުން ކަމަށް ބުނެ ދައުވާ ލިބޭ ފަރާތުގެ ނަން އިއްވައިފަ އެވެ.

ތުހުމަތު ކުރެވިފައިވާ ހަ މީހުންގެ ތެރެއިން ތިން މީހުންނަކީ ހާދިސާ ހިނގިއިރު ކުޑަކުދިންކަމަށާއި، އެ ތިން މީހުންގެ އާއިލާތަކުން ލޯކަލް ކޯޓަކަށް ތިން އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ކަމަށް އަނޫޕް ސަކްސޭނާ ވިދާޅުވެފައިވެއެވެ. އަދި އެ އާއިލާތަކުން ބުނަމުން ދިޔައީ އެ ހާދިސާ ހިނގި އިރު، އެ ކުދިންނަކީ ކުޑަ ކުދިން ކަމަށް ކަނޑައަޅައިދިނުމަށް ކޯޓުގައި އެދުނުކަމަށާއި، އާއިލާތަކުން ކޯޓަށް މައުލޫމާތު ދިނީ އެ ތިން މީހުންގެ އުމުރަކީ 14 އަހަރާއި 15 އަހަރާ ދެމެދު ކަމަށް ހަބަރުގައި ބުނެފައި ވެއެވެ.

”އެ ދަޢުވާއަށް އެއްބާރުލުން ދިނުމުގެ ގޮތުން އަޅުގަނޑުމެން ހުށަހެޅީ ދައުވާ ލިބޭ ދެ މީހެއްގެ ތަޢުލީމީ ސެޓްފިކެޓް. ތިންވަނަ މީހާ ސްކޫލަށް ނުދިޔަ ހިސާބުން ފެށިގެން، އޭނާގެ އުމުރަކީ 15 އަހަރު ކަމަށް އަޅުގަނޑުމެން ކޯޓުގައި ދެންނެވިން. ހުކުރު ދުވަހު ކޯޓުން ވަނީ އޭނާގެ އުމުރު ދެނެގަތުމަށް އޭނާގެ މެޑިކަލް އެގްޒަމިނޭޝަނަށް އަމުރުކޮށްފައި،“ ދިފާއީ އެހެން ވަކީލެއް ކަމަށްވާ ސުރޭޝް ކުމާރު ސިންގް ވިދާޅުވި އެވެ.

ސަކްސޭނާ އިތުރަށް ވިދާޅުވީ، ހުކުރު ދުވަހު ކޯޓުން  ދައުވާ ލިބޭ ތިން މީހުންގެ އާއިލާގެ މެމްބަރުންގެ ބަޔާންތައް ރެކޯޑް ކުރަން ފަށާފައިވާ ކަމަށެވެ. ޑިސްޓްރިކްޓް ސަރުކާރުގެ ކައުންސެލް އަރްވިންދް ޓްރިޕާތީ ވިދާޅުވީ، ޕެޓިޝަންތައް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، އެ މައްސަލަ އަދި ނުނިމި އޮތް ކަމަށެވެ.

ޒަމާނުއްސުރެ އިންޑިއާއަކީ ގޭންގް ރޭޕް، މީހުން މެރުން އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް މަރައި މިފަދަ ބޮޑެތި ކުށްތައް ގިނަ ގައުމެއް ގޮތުގައި ފާހަގަވެގެން ގޮސްފައިވާ ގައުމެކެވެ. އަދި އިންޑިއާއަކީ ދުނިޔޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު ގައުމަށްވާއިރު، އެގައުމަކީ މިފަދަ ބޮޑެތި ކުށްތައް އެންމެ ގިނަވެސް ގައުމެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button