ޚަބަރު

ހަރަދު ފޫބައްދަން 5 ބިލިއަން ރުފިޔާ ދަރަންޏަށް ނަގައިފި

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ އިތުރަށް 5 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ.

ޖެނުއަރީ 2022 އިން ފެށިގެން ނިމުނު ޖުލައި މަހާ ހަމައަށް ބަލާއިރު، ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބުނީ 15.7 ބިލިއަން ރުފިޔާއެވެ. އަދި ހަރަދުކޮށްފައިވަނީ 20.8 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އާމްދަނީގެ ބޭރުން 5 ބިލިއަން ރުފިޔާ ދަރަންޏަށް ނަގައިގެން މި މުއްދަތުގެ ހަރަދު ވަނީ ފޫބައްދާފައެވެ.

ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދު ބޮޑުވަމުންދާއިރު، މި އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަކީ 9.8 ބިލިއަން ރުފިޔާއިން ޑެފިސިޓުވާ ބަޖެޓެކެވެ. އަދި ފިނޭންސްގެ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓުން ދައްކާގޮތުގައި އާމްދަނީ ހޯދުމަށް ދައުލަތުން ހަމައެކަނި ބަރޯސާވެފައިވަނީ ރައްޔިތުން އަތުން ނަގާ ޓެކްސް ފައިސާއަށެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button