ޚަބަރުސިޔާސީ

ރައީސް ޔާމީނަށް 2023 ގެ ރިޔާސީ ޓިކެޓް ހަވާލު ކުރަން ޖަލްސާއެއް ބާއްވަނީ

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރަސްމީކޮށް ހަވާލު ކުރުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

އިއްޔެ ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، ރައީސް ޔާމީނާއި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓުގެ ޓިކެޓް ހަވާލު ކުރުމަށް ”ހަވާލޭ ވަތަން“ ނަމުގައި ޖަލްސާއެއް ބޭއްވުމަށް މިހާރު ނިންމާފައިވާނެ ކަމުގައެވެ.

”ޖަލްސާ އޮންނާނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ 20:30 ގައި ކާނިވަލް ސަރަހައްދުގައި.“ ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ ޖަލްސާއަށް އަތޮޅު ތެރެއިން ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކަށްވެސް އެރުފުސަތު  އޮންނާނެ ކަމުގައެވެ.

ރިޔާސީ އިންތިހާބުގެ ޓިކެޓް ރައީސް ޔާމީނަށް ހަވާލު ކުރަން އިދިކޮޅުން ނިންމިއިރު އެމަނިކުފާނު ގާނޫނީ ގޮޅިއަކަށް ފައްތާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި، އެކަން ކާމިޔާބުވިޔަ ނުދޭނެކަމަށް އިދިކޮޅުން އަންނަނީ ބުނަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button