އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދާއިރާތަކުގެ ރައީސުން ހޮވުމަށް ނިންމައިފިއެވެ.
ޕީޕީއެމް ޕީއެންސީން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ މި އިންތިހާބަކީ ކޯލިޝަނުގެ މައި އޮފީހާއި ދާއިރާތައް ގުޅުވާލާ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމަށް ކުރާ މަސައްކަތް ވަރުގަދަކުރުމަށް ބާއްވާ އިންތިހާބެއް ކަމުގައެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ދާއިރާ ރައީސް، ނައިބު ރައީސް، ޒުވާނުންގެ ޙަރަކާތުަގެ ރަށުގެ ރައީސްއާއި އަންހެނުންގެ ޙަރަކާތުގެ ރަށުގެ ރައީސްގެ އިންތިޚާބާގުޅޭ އެޕްލިކޭޝަން ފޯމްތަކާއި ޤަވައިދު ޑައުންލޯޑް ކުރެއްވުމަށް. https://t.co/e4ad9qMyL8
— Progressive Party of Maldives (@ProgressPartyMV) August 3, 2022
ޝުޖާއު ހާމަކުރެއްވިގޮތުގައި އިންތިހާބު އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުގައެވެ. އަދި ހޮވޭ ފަރާތްތަކުގެ ދައުރު ދެމިގެން ދާނީ ތިން އަހަރަށް ކަން އޭނާ ފާހަގަކުރެއްވިއެވެ.
އިންތިހާބުގައި ހޮވާނެ މަގާމުތައް:
ޕީޕީއެމް ޕީއެންސީން 87 ދާއިރާގެ ރައީސުން
ޕީޕީއެމް ޕީއެންސީން 87 ދާއިރާގެ ނައިބު ރައީސުން
ކޮންމެ ރަށަކުން ޒުވާނުން ގޮފީގެ ރައީސް
ކޮންމެ ރަށަކުން ޒުވާނުން އަންހެނުންގެ ގޮފީގެ ރައީސް
މި އިންތިހާބާ ގުޅޭ ފޯމު ދޫކުރަން ފަށާނީ މިމަހުގެ 13 އިން 25 ގެ ނިޔަލަށެވެ. ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލާނީ އަންނަ މަހުގެ 15 އިން ފެށިގެންނެވެ.
އެކީކުރަންބާ ހޮވަނީ ހަމަ ދިނީމަ ނިމުނީނު