ޚަބަރު

ހުޅުމާޅެ ބޮޑު މިސްކިތުގެ މުންނާރު މަރާމާތުކޮށްފި

މާލެ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މާލެ ސިޓީގެ މިސްކިތްތައް ރީތިކޮށް ބެލެހެއްޓުމުގެ މަސައްކަތުގެ ތެރެއިން, ހުޅުމާލޭ ބޮޑު މިސްކިތުގެ މުންނާރު މަރާމާތުކޮށްފިއެވެ.

މިކަން ހާމަކޮށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހުޅުމާޅޭ ބޮޑު މިސްކިތުގެ މުންނާރު މަރާމާރުކޮށް ކުލަލުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި, މިސްކިތުގެ އެތެރޭގެ އެހެނިހެން ގިނަ މަސައްކްތްތައްވެސް ވަނީ ނިމިފައި ކަމަށެވެ.

މޭޔަރ ގެ ޓްވީޓުގައި އިރުތަށް ވިދާޅުވީ ބޮޑު މިސްކިތުގެ ފަންކާތައް ބަދަލުކުރުމުގެ މަސައްކަތް އިރާދަފުޅުން ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ.

މާލެ ސިތީގެ މިސްކިްތްތައް ރިޓިކޮށް ބެލެހެއްޓުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކްތުގެ ތެރެއިން މާލެ, ހުޅުމާލެ, އަދި ވިލިނގިލީގެ ގިނަ މިސްކިތްތަކެއް މިހާތަނަށް ވަނީ މަރާމާތުކޮށްފައެވެ. ހަމަ އެހެންމެ މިސްކިތްތަކުގައި ހިންގާ ނޭދެވޭ އަމަލުތައް ހުއްޓުވުވުމަށް ސިޓީ ކައުންސިލުން ވަނީ މޯލްޑިވްސް ޕޮލިސް ސާރިވިސް އާއި ގުޅިގެން ކޮންޓެބިއުލަރީ ހިދުމްތެއްވެސް ފަށާފައެވެ.

މީގެ އިތުރުން މާލޭގެ ހުރިހާ މިސްކިތްތަކެއްގައިހެން ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ކެމެރާ ސިސްޓަމެއް ހަރުކޮށްފައިވާއިރު, މި ނިޒާމަކީ ކޮންސްޓެބިއުލަރީ ހިދުމަތާއެކު ބޭނުންކުރެވޭނެ ނުނަހު ބޭނުންތެރި ނިޒާމެކެވެ.

އެންމެ ފަހުން ސިޓީ ކައުންސިލުން ބޭއްވި ރައްޔިތުންގެ ބައްދަލުވުމުގައި މޭޔަރ މުއިއްޒު ވިދާޅުވީ, މާލެ ސިޓީގެ މިސްކިތްތައް ރީތިކޮށް ބަލަހައްޓައި, މިސްކިތްތަކަށް ދޭންޖެހޭ ގަދަރު ލިބެމުންދާކަން ކަށަވަރު ކުރުމަކީ މާލެ ސިޓީ ކައުންސިލުން އެންމެ ބޮޑު އިސްކަމެއްދޭ އެއް މަސައްކަތް ކަމަށެވެ.

2 Comments

  1. E miskithuga ithuru baeh hadhaa faakhaanaa bari beyrah nere iskuru bari eh ves hadhaifi. Kurin habareh ga mihen ves kiyaifi. Thee hus dhogu hadhaa Sujau eh huri council eh. Hadhan vee munnaareh noonehnu. Vissaara vejjiyya miskiy there ah e faibaa fen nufaibaane gotheh nuhedhunu bayakah kureveynee kon kameh. Thee hus dhogu council eh. Laari gandeh kaalan dhakkaa vaahaka.

  2. E bunaahen Sujau miskithu beyruga hedhi iskuru bari photo aa ekkoh news thakah li eve. Ekamsku e thanah dhaairu fennaakah nuhure eve. Mihaaru ethan hedhi kamah hadhaa councilin faisaa nagaa nimmaafa noon kameh ves neyge. Mithibee hovaafa bodethi v… thakekeve.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button