ޚަބަރުސިޔާސީ

ރައީސް ސޯލިހު ރާ ބޯތަނާ ޒިނޭކުރާތަން ވީޑިއޯއަށް އެރީމަތަ ހައްޔަރު ކުރަނީ؟ އީވާ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހައްޔަރު ކުރަން ޖެހެނީ، އެމަނިކުފާނު ރާ ބޯ ތަނާއި ޒިނޭ ކުރާތަނުގެ ވީޑިއޯތައް އާންމުވީމަތޯ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ސުވާލު ކުރައްވައިފިއެވެ.

އީވާ މިފަދައިން ވިދާޅުވީ އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕަކަށް ފޮނުއްވެވި މެސެޖެއްގައެވެ. އެބޭފުޅާ އެހެން ވިދާޅުވުމާއެކު ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ވަނީ ހަމަޖެހިގެން ހުންނެވުމަށް އީވާ އަށް ދަންނަވާފައެވެ. އެއާކު އީވާ ވިދާޅުވީ އެބޭފުޅާ ހުންނެވީ ވަރަށް ހަމަޖެހިގެން ކަމަށެވެ.

”އަޅުގަނޑު ވަރަށް ކާމް. ހަމަ އުޅަނބޮށި ކަހާލަ ކަހާލާ.“ އީވާ ވިދާޅުވިއެވެ.

އީވާ މިހެން ވިދާޅުވުމާއެކު މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ހަމަޖެހިގެން ހުންނަވަންވީ ރައީސް ސޯލިހު ކަމުގައެވެ. އަދި ރައީސް ސޯލިހަށް ހީފުޅުވަނީ ރައީސް ނަޝީދަކީ ކުޅެން ގެންގުޅޭ ބުޅަލެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

”އިބޫ، ވީޑިއޯ އެބަހުރި. އަދި މަށަށްވެސް ޖަލުގައި އިނދެވޭނެ.“ ނަޝީދު ވިދާޅުވިއެވެ.

ބެލެވޭގޮތުގައި ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ގުޅުން މިހާ ބޮޑަށް ގޯސްވެގެން އުޅެނީ، ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ލިވާތު ކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމާ ގުޅިގެންނެވެ.

3 Comments

  1. bala buraanthi eevaa kaley thee konthaakun kon eche kiyavaigen huri mee he tha heki nethi mee haku hama bunaa Haa bahaka meehun hayyaru kure vey tha even kamah vaa nama furathama kaley ge dhemafirin naa anni hayyaru kuran jehey nee e ee meehun kiyaa thiya ee raa boa baye key

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button