މުޑުދާރު އަމަލު ހިންގާ މީހުންނަށް ފިޔަވަޅުއަޅަން ފަސްނުޖެހޭނެ: އިމްރާން
މުޑުދާރު އަމަލުތައް ހިންގާ މީހުންނަށް ފިޔަވަޅު އަޅަން ފަސްނުޖެހޭނެ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިމްރާން މިހެން ވިދާޅުވީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގީރާ އެކީ އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރަން ފުލުހުން ފެށުމާ އެކު އެބޭފުޅާއަށް ނިސްބަތްކޮށް ސަރުކާރާއި އަދި އެމްޑީޕީގެ އިސްފަރާތްތަކުން ތުހުމަތުގެ އިނގިލި ދިއްކުރަމުން ދާ ދަނޑިވަޅެއްގައެވެ. އެގޮތުން މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ހައްޔަރުކުރުމާ ގުޅިގެން ނަޝީދުވެސް ވަނީ އެމަނިކުފާނުގެ ކޮއްކޮގެ ދިފާއުގައި ޓުވީޓް ކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި ކޮއްކޮ ހައްޔަރު ކުރީ ކޯލިޝަންގައި ހިމެނޭ ހައްދުފަހަނަ އެޅި މީހުން ރުއްސުމުގެ ބޭނުމުގައެވެ.
އިމްރާން ވިދާޅުވީ ޖިނާއި އަދުލު ހިންގުމަކީ ހަމައެކަނި ފުލުހުންގެ އަތްމަތީ އޮތް ކަމެއް ނޫންކަމަށާއި ނިޒާމުގައި ހިމެނޭ އެންމެން މާތްރަސްކަލާނގެއަށް ބިރުވެތިވެ، ފުރިހަމަ ޒިންމާ އަދާ ކުރަންޖެހޭ ކަމުގައެވެ.
Mududhaaru amalu hingaa meehunnaa medhu qaanoongaivaa fiyavalhu elhumah fuluhun fasnujeheykan abadhuves alhugandu kashawarukuran. Namaves jinaai adhuluhingumakee ekani fuluhunge ayimathee oyikamehnoon. Nizaamugai himeney emmen Allah ah biruvethive furihama zimmaa adhaakuranjehey.
— Imran Abdulla (@ShimranAb) July 28, 2022
އިމްރާންގެ މި ޓުވީޓަށްވެސް ގިނަބައެއްގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.
ކިތަންމެ ވަރަކަށްވެސް ފަހަތަށް ޖެހުނު. ގޮތްހުސްވުމުން އެހެންގޮތެއް ނެތިގެން ހައްޔަރުކުރީ. އަދި ހައްޔަރުކުރީ ވެސް ޕްލޭނެއްގެ ދަށުން އެހެން ދިމާލަކަށް ފޮނުވާލައިގެން. ހައްޔަރުކުރި ފުލުހުންގެ ޢަމަލުތަކާއި ކޯޓުން އަމަލުކުރި ގޮތުން ވެސް އެގޮތަށް ބުރާވާން ބާރުލިބޭ.
Thiyaee beyru fushun dhakaa vaahaka. Ethrein ini nagoo fithifa. Thie magaamuge dhahivethi kamuga themi fovefa hure meeheh.
މުނާފިގު ކަލޭގެ