ޚަބަރު

ޔޯގާ ހައްޔަރީންގެ މައްސަލަ ބޭރު ދުނިޔޭގެ ސަމާލުކަމަށް ގެނެސްފި

ރާއްޖެ އާއި އިންޑިއާ ސަރުކާރު ގުޅިގެން ޖޫން 21 ގައި ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ބަޔަކު ހުއްޓުވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރި 21 މީހުންގެ ހައްގުތައް ގެެއްލިފައިވާކަމަށް ނިންމައި، އެ މައްސަލަ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފިއެވެ.

ޔޯގާ ހައްޔަރީންގެ ވަކީލުންގެ ފަރާތުން ރޭ ލެވެންޑާ ރެސްޓޯރެންޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ގާނޫނީ ވަކީލު އާދަމް އާސިފް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން ދީނީ އިލްމުވެރިންނާއި، އެ މައްސަލައިގައި ދިގު ބަންދުގެ މުއްދަތެއް ޖަހާފައިވާ ފަރާތްތަކުގެ މައުލޫމާތާއި، ކަން ހިނގައިދިޔަ ގޮތް އެމްނެސްޓީ އޭޝިއާ އަދި އދ ގެ ހިއުމަން ރައިޓްސް ރެޕަޓުއަރ އަށް ރަސްމީކޮށް ހުށަހަޅާފައިވާ ކަމުގައެވެ. 

އެ ދެ ޖަމާއަތުން އެއްވެސް ޖަވާބެއް ދީފައިވޭތޯ ”ބޮންތި“ އިން ސުވާލު ކުރުމުން އާސިފް ވިދާޅުވީ އެމްނެސްޓީއިން އެކަން ބަލަމުންދާކަން އަންގާފައިވާ ކަމުގައެވެ. އަދި ހަފްތާއެއްގެ ތެރޭގައި އދ އިން ޖަވާބެއް ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ. 

ހައްޔަރީންނާއި ގުޅިގެން މައިގަނޑު ގޮތެއްގައި ބައިނަލްއަގުވާމީ ސަމާލުކަމަށް ގެނެސްފައިވަނީ ތޫނު ހަތިޔާރު ބޭނުން ނުކުރާއިރު، އެފަދަ އެއްޗެހިތަކެއް ބޭނުން ކޮށްގެން ހަމަލާދިން ކަމުގެ ތުހުމަތު އެމީހުންގެ ބޮލުގައި އަޅުވައި ދިގު މުއްދަތަކަށް ބަންދުކޮށްފައިވާ މައްސަލައެވެ. އެކަމާ ގުޅިގެން އާސިފް ވިދާޅުވީ ހައްޔަރީން ފްރޭމްކޮށް، ހައްގުތައް ގެއްލިފައިވާ މައްސަލައަށް އިންސާފު ލިބެންދެން މަސައްކަތް ހުއްޓާނުލާނެ ކަމުގައެވެ. 

ޔޯގާ ހަމަނުޖެހުމާ ގުޅިގެން 21 މީހުން ހައްޔަރު ކުރުމަށްފަހު އޭގެ ތެރެއިން 9 މީހަކު މިހާރު ވަނީ ދޫކޮށްލާފައެވެ. އެ ހުރިހާ އެންމެންވެސް ދޫކޮށްލީ ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތްކަން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި، ފުލުހުން ކަނޑައެޅުމަށްފަހު ކޯޓުގައި އެދިގެންނެވެ. 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button