ޚަބަރުސިޔާސީ

އެންމެ ފަހުން ބާކީވާތަން މި ފެންނަނީ ރައީސް ނަޝީދު: ޝިޔާމް

ބާކީވާތަން ފެންނަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދު ކަމުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެންބަރު ޝިޔާމް މިފަދައިން ވިދާޅުވީ އޭނާ ކުރެއްވި ޓުވީޓެއްގައެވެ.

ޝިޔާމް ވަނީ ނަޝީދު ބާކީ ނުކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކިބައިން އެދިވަޑައިގެންފައެވެ.

ޝިޔާމް ފާހަގަކުރެއްވިގޮތުގައި ދިވެހި ގައުމުގެ ހައްގުގައި ތެދުވެ އަޑު އުފުލައިގެން ދިވެހިރާއްޖެ އަދި ދިވެހިން ބާކީއެއް ނުވާނެއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައިވެސް މެންބަރު ޝިޔާމް ވަނީ ރައީސް ނަޝީދަށް އަމާޒު ކުރައްވައި ބާކީ ވާނީ އެމަނިކުފާނު ކަމުގައި ވިދާޅުވެފައެވެ.

”އިންޑިއާ އައުޓު“ ކެމްޕެއިނާ ދެކޮޅަށް ނަޝީދު އިސްވެ ހުންނަވައިގެން ކުރިޔަށް ގެންދާ ”ބާކީނުވޭ“ ކެމްޕެއިނަށް މިހާތަނަށް ލިބިފައިވަނީ ފިނި ތަރުހީބެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button