ޚަބަރު

ޖީބީ ފުޓްސަލް ޗެލެންޖު މަސްއޮޑި ސްޕޯޓްސް ކްލަބުން ކާމިޔަބު ކޮށްފި

ކާމިޔާބު ކަމާއެކު ޖީބީ ފުޓްސަލް ޗެލެންޖް ނިންމާލައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅެފައިވަނީ ހޮނިހިރު ދުވަހުއެވެ. މި މުބާރާތުގެ ފައިނަލް މެޗުގައި ވާދަ ކޮށްފައިވަނީ މަސްއޮޑި ސްޕޯޓްސް ކްލަބާއި ޕާކް ބޯއިޒްއެވެ. މި މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައިވަނީ މަސްއޮޑި ސްޕޯޓްސް ކްލަބެވެ.

މި މުބާރާތް ނިންމާލާފައިވަނީ އެންމެ މޮޅު 4 ކުޅުންތެރިންނާއި އެންމެ މޮޅު ގޯލް ކީޕަރެއް ހޮވުމަށް ފަހުގައެވެ.

މުޅި މުބާރާތުގެ ފުޓްސަލް ކިންގް އޮފް ދި ޓޯނަމެންޓުގެ ގޮތުގައި ހޮވިފައިވަނީ އަހުނަފް ރަޝީދު (އަހުއްކޮ) އެވެ.

އެންމެ މޮޅު 4 ކުޅުންތެރިންގެ ގޮތުގައި ހޮވާފައިވަނީ ޕާކް ބޯއިޒްގެ އިއާދް، މަސްއޮޑި ޓައިޓަންސްގެ ރިމާހް، ޒެޕޯގެ އަރޫ އަދި އެލްޓީ ޓައުންގެ ޝާވިންއެވެ. މި މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވިފައިވަނީ އިބްތިސާލްއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 7000 އަދި ރަނަރަޕް ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ހަވާލުކޮއްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button