ޚަބަރުކުޅިވަރު

ޖީބީ ފުޓްސަލް ޖެލެންޖް މުބާރާތް ފަށައިފި

23 އަހަރުން ދަށުގެ ޒުވާނުންނަށް ހާއްސަކޮށް ކުރިއަށް ގެންދާ ޖީބީ ފުޓްސަލް ޗެލެންޖް މުބާރާތް ފަށައިފިއެވެ. 

12 ޓީމަކުން ބައިވެރިވެފައިވާ މި މުބާރާތް ފަށާފައިވަނީ މިއަދު (ހުކުރު) ދުވަހު ހެނދުނުއެވެ. މި މުބާރާތުގެ މެޗުތައް ކުޅެފައިވަނީ ލެގޫންސް ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތުގައި މިއަދު ހެނދުނު 6 މެޗެއް ވަނީ ކުޅެފައެވެ. ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ޕާކް ބޯއިޒް ސްޕޯޓްސް ކްލަބް އަދި ޒެފްރީސް ސްޕޯޓްސް ކްލަބެވެ. މި މެޗު 6-2 ގެ ނަތީޖާއަކުން ކާމިޔާ ކޮއްފައިވަނީ ޕާކްބޯއިޒްއެވެ.

ދެވަނަ މެޗުގައި ޓީމް ފަސްތަރި ވަނީ ދަގްރާންޑޭގެ މައްޗަށް 2-1 ކުރި ހޯދާފައެވެ. އަދި ތިންވަނަ މެޗުގައި ގޯޓް އެފްސީ ވަނީ ޓީސީ ސްޕޯޓްސް ކްލަބްގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކުރި ހޯދާފައެވެ.

ޒެޕޯ އެފްސީ އަދި ކޭލޯސް ސްޕޯޓްސް ކްލަބް ވާދަކުރި ހަތަރު ވަނަ މެޗުގައި 2-1 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައިވަނީ ޒެޕޯ އެފްސީއެެވެ. ފަސްވަނަ މެޗުގައި ބަދަވީން ވަނީ 4-1 ގެ ނަތީޖާއަކުން ދަގްރާންޑޭގެ މައްޗަށް ކުރި ހޯދާފައެވެ.

މިއަދު ހެނދުނު ކުޅުނު ފަހު މެޗުގައި ކޭލޯސް ސްޕޯޓްސްގެ މައްޗަށް އެލްޓީ ސްޕޯޓްސް ކްލަބް ވަނީ 3-2 ގެ ނަޔީޖާއަކުން ކުރި ހޯދާފައެވެ.

ދެ ދުވަހަށް ބަހާލައިގެން ކުރިއަށް ގެންދާ ޖީބީ ފުޓްސަލްޗެލެންޖުގެ މެޗުތަށް މިއަދު މެންދުރުފަހުވެސް ވަނީ ކުޅުމަށް ހަމަޖެހިފައެވެ.

މި މުބާރާތަކީ މި ކްލަބް ގެ ފަރާތުން ކުރިއަށް ގެންދާމިފަދަ 4 ވަނަ މުބާރާތްކަން ފާހަގަ ކޮއްލެވެއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 7000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button