ޚަބަރު

ދިޔަރެސް އޮފީސް ރޯވެދާނެ!

އޮންލައިން ނޫސް ”ދިޔަރެސް“ އޮފީސް ރޯވެދާނެ ކަމަށްބުނެ އަމީން ހަލީލް ނަމަކަށް ކިޔާ މީހަކު ސޯޝަލް މީޑިއާގައި އެނޫހަށް އިންޒާރުދީފިއެވެ.

މި އިންޒާރު ދީފައިވަނީ ”ދިޔަރެސް“ ގެ އަންހެން ނޫސްވެރިޔަކަށް ފުރައްސާރަކުރި ބައެއް ސަރުކާރުގެ މުވައްޒަފުންނާއި އެނޫން މީހުންގެ ވަނަވަރު އެނޫހުން ހާމަކުރިތާ އިރުކޮޅެއްގެ ތެރޭގައެވެ.

އެނޫހަށް އިންޒާރުދެމުން އަމީން ކޮށްފައިވާ ކޮމެންޓްގައި ބޭ އަދަބީބަސް ބޭނުންކޮށް ބުނެފައިވަނީ ދޮގު ހަބަރު ފަތުރާނަމަ ތަން ރޯވެސް ކޮށްލެވިދާނެ ކަމަށެވެ.

”ފކއ ކަހަލަ ދޮގު ހަބަރު ފަތުރަންޏާ ތަން ރޯވެސް ކޮށްލެވިދާނެ ބޅ ތކާ“. އަމީންގެ ކޮމެންޓްގައި ބުނެފައިވެއެވެ.

މިކަމާއި ގުޅޭގޮތުން ”ދިޔަރެސް“ ނޫހުގެ ކޯ ފައުންޑަރ އަހުމަދު އަޒާން ކުރި ޕޯސްޓެއްގައި ބުނީ އަނެއްކާވެސް އިންޒާރުދީފައިވާ ކަމަށާއި، އިންޒާރުދިނީ ހއ.ހޯރަފުށީ ފެނަކައިގައި މަސައްކަތް ކުރާ މުވައްޒަފެއް ކަމަށްވާ އަމީން ހަލީލް ކަމަށެވެ.

މިއާއިއެކު އޭނާބުނީ އަބަދު މިސަރުކާރު އޮންނާނެ ކަމަށް ހީކޮށްގެން މިހެން އުޅޭ އެންމެންގެ ނަން ނޯޓު ކުރަމުންދާކަމަށެވެ.

މީގެ އިތުރުން އަޒާން ވަނީ މިއީ ހޯރަފުށީގައި ތިބި ހުރިހާ ސިޔާސީ މުއައްޒަފުން ނެރެގެން ހޯރަފުށީ ދާއިރާގެ މެންބަރު ސަލީމް ގެ އަބުރު ހިމާޔަތް ކުރުމަށް ކުރަމުންގެންދާ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

“މިއޮތީ އަނެއްކާވެސް އިންޒާރުދީފަ. މިއީ ހޯރަފުށީ ފެނަކައިގަ ވޯކް ކުރާ މީހެއް. ނަމަކީ އަމީން ހަލީލް، އަބަދު މިސަރުކާރު އޮންނާނެ ކަމަށް ހީކޮށް މިހެން އުޅޭ އެންމެންގެ ނަން އަޅުގަނޑުމެން މިދަނީ ނޯޓު ކުރަމުން. ހޯރަފުށީގައި ތިބި ހުރިހާ ސިޔާސީ މުއައްޒަފުން ނެރެގެންވެސް މިއުޅެނީ ހޯރަފުށީ ސަލީމްގެ އަބުރުފުޅު ހިމާޔަތް ނުވެގެން.” އަޒާން ބުންޏެވެ.

މެންބަރު ސަލީމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެން އެނޫހުގެ ފަރާތުނއ ކުރި ސުވާލަށް ސަލީމް އެއްވެސް ޖަވާބެއް ދެއްވާފައިނުވާ ކަމަށް ”ދިޔަރެސް“ ނޫހުގައި ރިޕޯޓްކޮށްފައިވެއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ގައި މަސައްކަތްކުރާ މުވައްޒަފަކު ”ދިޔަރެސް“ ނޫހުގެ އަންހެން ނޫސްވެރިޔަކަށް ގުޅައި ތަކުރާރުކޮށް ފުރައްސާރަކުރަމުންދާ މައްސަލަ އެނޫހުގެ ފަރާތުން ވަނީ ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް މި މައްސަލައާއި ގުޅިގެން ފުލުހުންވެސް އަދި މީޑިއާ ކައުންސިލުންވެސް މިހާތަނަށް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button