ޚަބަރު

އެމްޕީއެލްގެ ތިން ބާޖެއް މޫޓު ވާކެނޑި އޮޔާ ގޮސްފި

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ކަނޑުގަދަވެ އެމްޕީއެލްގެ ކޮންޓެއިނާ އުފުލަން ބޭނުން ކުރާ ތިން ބާޖެއް މޫޓު ވާކެނޑިގެން އޮޔާ ދަނިކޮށް އެމްޕީއެލް އިން ޓަގު ބޯޓުތައް ބޭނުންކޮށްގެން ކަފުޖަހައިގެން ސަލާމަތްކޮށްފިއެވެ.

ބާޖުތައް މާލެ ކައިރިޔަށް ބެހިގެން އެކަތި މާލޭ އުތުރު ހާބަރު (އަންނި ޖެޓީ) ތޮއްޓަށް އެރި ކަމަށްވެއެވެ. އަނެއް ދެބާޖު ހުޅުލެއާ މާލެއާ ދޭތެރެއިން އޮޔާ ދަނިކޮށް ވަނީ ސަލާމަތް ކޮށްފައެވެ.

މައުލޫމާތު ދިން ފަރާތުން ބުނި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށެވެ. އެ ތިން ބާޖު ގެއްލުނު ކަމުގެ މައުލޫމާތު އެމްޕީއެލަށް އެނގުނީ ރޭ 19:00 ހާއިރުއެވެ.

އެމްޕީއެލްއިން ބުނީ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އެ ކުންފުުނިން ތަހުގީގު ކުރަމުންދާ ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، ރާޅުގެ އުސްމިނިގައި 3 ފޫޓާއި 6 ފޫޓު ހުންނާނެކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެއެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީވެ މޫސުމަށް ސަމާލު ވުމަށްވެސް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button