ޚަބަރުސިޔާސީ

އަލީ އާޒިމް ވިދާޅުވީ ފިތުނަ ފަސާދަ އުފައްދައި ހަމަނުޖެހުން އުފެެއްދުމަށް ޖާގަ ދެވިގެން ނުވާނެ ކަމަަށް

ފިތުނަ ފަސާދަ އުފައްދައި ހަމަނުޖެހުން އުފެެއްދުމަށް ޖާގަ ދެވިގެން ނުވާނެ ކަމުގައި އެމްޑީޕީގެ ޕާލިމެންޓް ގްރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމް މިފަދައިން ވިދާޅުވީ ޕީޕީއެމްގެ އެކްޝަން ޑިޕާޓުމެންޓުގެ ޗެއަރ އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލާއި ޔޯގާ ހަރަކާތުން ހައްޔަރު ކުރި އެންމެނަށް އިންސާފު ލިބެން ޖެހޭ ކަމުގައި ދަނގެތި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ލީޑަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ވިދާޅުވުމާއި ގުޅިގެން އެބޭފުޅާއަށް ރައްދު ދެއްވުމުގެ ގޮތުން ކުރެއްވި ޓުވީޓެއްގައެވެ.

އާޒިމް ފާހަގަކުރެއްވިގޮތުގައި ރައްޔިތުންގެ މެދުގައި ފިތުނަ ފަސާދައާ މާރާމާރީއަށް ހިތްވަރުދީ، މުޖުތަމައު ބައިބައިކޮށް، ހަމަނުޖެހުން ހިންގަން ހިތްވަރުދިނުމަކީ އެއްވެސް މީހަކަށް ކުރެވިގެން ވާނެ ކަމެއް ނޫންކަމުގައެވެ.

 

އަލީ އާޒިމްގެ މި ވާހަކަތަކާއި ގުޅިގެން އެމްއެންޕީގެ ފަރާތުން ރައްދު ދިން ބޭފުޅަކު ވިދާޅުވިގޮތުގައި ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގި އަމަލު ނާޒިމް ކުރިން ވަނީ ކުށްވެރި ކުރައްވާފައެވެ.

”އެމީހުންނަށްވެސް އިންސާފު ލިބެންވާނެ، އެވިދާޅުވާ ވާހަކަ މަނިކުފާނަށް ތިލަ ނުވާކަމުގައިވަނީނަމަ އަލުން ތައުލީމު ލިބިގަތުން ބުއްދިވެރިކަން ބޮޑު.“ އެމްއެންޕީގެ ފަރާތުން އަމްޖަދު ހުސެއިން ވިދާޅުވިއެވެ.

އަމްޖަދު ވަނީ އެއް ޖިންސުން ގުޅުން ހިންގި މީހުން ހައްޔަރު ކުރަން އަލީ އާޒިމަށް ގޮވާލަން ނުކެރެނީތޯ ސުވާލު ކުރައްވާފައެވެ.

 

One Comment

  1. މިމީހުން ހިންގާ ޖަރީމާތަކުގެ ވާހަކަ ދެކެވިގެން ނުވާނެ. ރައްޔިތުންގެ އަނގަމަތީ ޓޭޕްއަޅާފަ ހިތުހުރިގޮތަކަށް ކަންތައްތައް ކޮށްލެވެންވާނެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button