ޚަބަރު

އިންޑިއާގެ އަރުނަޗަލްގެ ރެސްޓޯރެންޓުތަކުގައި “ބީފް” ބޭނުންކުރުން މަނާކޮށްފި

އިންޑިއާގެ އަރުނަޗަލް ޕްރަދޭޝްގެ ރެސްޓޯރެންޓުތަކުގައި “ބީފް” މި ބަސް ބޭނުންކުރުން މަނާކޮށްފިއެވެ.

މިކަން ތަންފީޒުކުރުމަށް އެ ސަރަހައްދުގެ ސްޓޭޓް ސަރުކާރުންނެރެފައިވާ އަމުރެއްގައި ބުނެފައިވަނީ ރެސްޓޯރެންޓުތަކާއި ހޮޓެލް ތަކުގެ ނަންބޯޑުތަކާއި އެހެނިހެން އިސްތިހާރު ތަކުގައިވެސް “ބީފް” ބޭނުންކުރުމަކީ އެސަރަހައްދުގެ މުޖްތަމައުތަކުގެ ހަމަޖެހުން ގެއްލި ބައިބައިވުން އުފެދޭ ކަމެއް ކަމަށެވެ.

އަދި “ބީފް” އަކީ އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް ރައްޔިތުންގެ ދިނީ އާދަތަކާއި ގުޅިފައިވާ ޖަނަވާރެއްގެ މަހަށް ވީހިނދު، އެ ސަރަހައްދުގެ ހަމަޖެހުމާއި، ދީނީ މިނިވަންކަމަށް ދޭ އިސްކަން ދެމެހެއްޓުމަށް، ހުރިހާ ރެސްޓޯރެންޓުތަކާއި ހޮޓާތަކުގައި “ބީފް” ބޭނުންކުރުން މަނާ ކަމަށާއި، އެފަދައިން އެބަސް ބޭނުންކޮށްފައިވާ ނަންބޯޑުތަކާއި އިސްތިހާރު ބޯޑުތަކުން އެބަސް ފޮހެލުމަށް މި އަމުރުގައި ވަނީ އަންގާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އިންޑިއާގެ ގިނަ ސްޓޭޓުތަކުގައި ފަހަކަށް އައިސް ވަނީ ގެރިމަސް ކެއުންވެސް މަނާކޮށްފައެވެ. ގެރިއަކީ ހިންދޫ ދީނުގައި ހިންދޫއިން އަޅުކަން ކުރުމަށް ބޭނުންކުރާ ޖަނަވާރެކެވެ. އަދި ގެރީގެ ކުޑަކަމުދާ ތަކެއްޗާއި، ބޮޑުކަމުދާ ތަކެތި ކައިބޮއެ ހެދުމަކީވެސް ހިންދޫއިން އާންމުކޮށް އަޅުކަމެއް ފަދައިން ކޮށްއުޅޭ ކަމަކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button