އެޗްއާރުސީއެމް އަކީ ދަތް ނެތް ސިންގާއެއް: ލޯޔަރު އާސިފް

ހިއުމަން ރައިޓްސް ކޮމިޝަން އަކީ ދަތް ނެތް ސިންގާއެއް ކަމަށް ވިދާޅުވެ ލޯޔަރު އާދަމް އާސިފް އެއިދާރާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޔޯގާ ހަރާތް ހުއްޓުވާލުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު ފަރާތްތަކުގެ ވަކީލުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އާސިފް ވިދާޅުވީ، މިއަދު އެޗްއާރްސީއެމް އޮޓީ ނިދާފައި ކަމަށެވެ. އަދި އެންމެފަހުން އެޗްއާރުސީއެމްއަށް ކުރި ޒިޔާރަތުގައިވެސް އެއިދާރާގެ ރިޕޯޓަކަށް ޕީޕީއެމްގެ ސެނެޓަރު މުޙައްމަދު އިސްމާއިލް ހައްޔަރުކުރިކަން ފާހަގަކުރެއްވިއެވެ.
އާސިފް ވިދާޅުވީ އެޗްއާރުސީއެމްގެ މެންޑޭޓަކީ ސަރުކާރުން ޖާހާހައި ބެރަކަށް ނެށުން ކަމަށާއި، އެއިދާރާގެ ހަގީގީ ގާނޫނީ ޒިންމާ އެއްވެސް ސިފައެއްގައި އަދާނުކުރާކަމަށެވެ.
މީގެ އިތިރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ލޯޔަރު އަހްމަދު ޝާހް ވިދާޅުވީ އެޗްއާރުސީއެމްއަކީ ނަމެއްގައި އޮންނަ ތަނެއް ކަމަށެވެ. އަދި ވަރަށް ގިނަ އިންސާނީ ހައްގުތަކާއި ގުޅޭ މައްސަލަތަކުގައި އެއިދާރާގެ ދައުރަކީ ގޭގައި ތިބުން ކަމަށާއި، އެއްވެސް ކަމެއް ކުރާތަނެއް، އަދި އެފަދަ އެއްވެސް މައްސަލައެއް ބަލާތަނެއް ނުފެންނަ ކަމަށެވެ.
ދެބޭފުޅުންވެސް މިމޭރުމުން އެޗްއާރުސީއެމްއާއިމެދު ވާހަކަދެއްކެވި އިރު ދާދިފަހުން މި މައްސަލައިގައި ހައްޔަރު ކުރެވުނު ޕީޕީއެމްގެ ސެނެޓަރު ރައްޒާން (ޓަކީ) އަށް ފުލުހުން ފުރައްސާރަކުރި މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އެހެން ނަމަވެސް އެޗްއާރްސީއެމްއިން މި މައްސަލައިގައިވެސް އަދި މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.
މިރާއްޖޭގެ ތިޔަވިދާޅުވާ އެޗްއާރްސީއެމް އެށް އޮވޭތޯ؟ މިސަރުކާރު އައިފަހުން އެޗްއާރު ސީއެމް އިން ކުރިކަމެށް އަދާކުރި ގާނޫނީޒިއމާ އެށް ދުށްރައިޔަތަކު މިގައުމަކުނެށް ރައިޔަތުންގެ ފައިސާއިން މުސާރަނަހަމަގޮތުގައި ބޭނުންކޮއްގެން ތިބިބައެށް މިފަދުގެ ކަންތަކާއިމެދު ގޮތްނިއްމާންވީ ރަތްޔތުން ނޫންތޯ
Avahtterin. Dhehkkimagun dhaanvee rahyyithun eyrun thi thanthan heylafaane. Sarukaaruves