ރިޕޯޓް

ކާނަލް ޓޭޕްސް: ދެވަނަ ވީޑިއޯއިން ފެންނަނީ ކާކު؟

ފާއިތުވެދިޔަ މަހެއް ހާދުވަސްތެރޭ އާންމުވެގެންދިޔަ ވީޑިއޯތަކުގެ ތެރެއިން، އެންމެ ސުވާލު އުފެދޭ ފަދަ ގޮތަކަށް އާންމުވީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދު (ކާނަލް) ގެ ވީޑިއޯތަކެވެ.

އެގޮތުން އެންމެ ފުރަތަމަ އާންމުކޮށްފައިވަނީ ލީވާތު ކޮޓަރިތެރޭގައި ކާނަލް ހުއްޓައި ފެންނަ ފޮޓޯ ތަކަކެވެ.

މި ފޮޓޯތައް އާންމުވުމާއިއެކު، ކާނަލް ވަނީ އެފޮޓޯތަކުން ފެންނަނީ އެބޭފުޅާ ކަމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި އެ އެޕާޓްމެންޓަށް ދިޔައީ ވިޔަފާރި ބައްދަލުވުމަކަށް ކަމަށާއި، އެ ކޮޓަރިއަށް ވަނީ އެތަން ބަލާލުމަށް ދައުވަތު ދިނުމުން ކަމަށް ވިދާޅުވިއެެވެ. އަދި އެއްވެސް ހުތުރު އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި، ބަރަހަނާ އެއްވެސް ވީޑިއޯއެއް ނުހުންނާނެ ކަމަށް ތަކުރާރުކޮށް ކާނަލް ވިދާޅުވިއެވެ.

ކާނަލް މިފަދައިން ވިދާޅުވިތާ ދެދުވަސް ފަހުން ވަނީ އިތުރު 3 ވީޑިއޯއެއް އާންމުކޮށްފައެވެ.

ފުރަތަމަ ވީޑިއޯ

އާންމުކުރި އެންމެ ފުރަތަމަ ވީޑިއޯގައި ފެންނަނީ ކާނަލް އެކޮޓަރިއަށް ވަންނަ މަންޒަރެވެ. އެގޮތުން އެންމެ ފުރަތަމަ އާދައިގެ މަތިން އަލަމްގިރި ކެމެރާ ސެޓު ކޮށް ބޭރަށް ނުކުންނަ ތަންފެނެއެވެ. އަދި އެއަށްފަހު ކާނަލްގެ ފަހަތުން އަލަމްގިރި އައިސް ކޮޓަރިތެރެއަށް ވަދެއެވެ.

ދެން ފެނިގެންދަނީ ކާނަލް ބޫޓު ބޭލުމަށްފަހު އަލަމްގިރި އާއި ވާހަކަ ދައްކާ މަންޒަރެވެ. އެއަށްފަހު އަލަމްގިރި ގޮސް ބޮކި ނިއްވާލައެވެ. ބޮކި ނިއްވާލާފައި ހުރި އިރުވެސް ވަރަށް ފަނޑުކޮށްނަމަވެސް ކާނަލް މާސްކު ބާލާތަން ވީޑިއޯއިން ފެނެއެވެ.

މި ވީޑިއޯއާއި އެންމެ ފުރަތަމަ ލީކުވެފައިވާ ފޮޓޯތަކާއި އަޅާކިޔާއިރު، އެފޮޓޯތައް ނެގިފައިވަނީ މި ވީޑިއޯއިންކަން ސާބިތުވެއެވެ.

މަތީގައި މިވާ ފޮޓޯތަކަކީ ލީކުވި ފޮޓޯތަކާއި، މި ވީޑިއޯގެ ބައެއް ފްރޭމްތަކުގެ ފޮޓޯއެކެވެ. ވީޑިއޯގެ 21 ވަނަ ސިކުންތާއި، 37 ވަނަ ސިކުންތާއި، 39 ވަނަ ސިކުންތުގައިވާ ފްރޭމްތަކަކީ، އެންމެފުރަތަމަ ލީކުވި ފޮޓޯތަކުގެ ފްރޭމްތަކެވެ.

ވީމާ މި ފޮޓޯތަކަކީ މި ވީޑިއޯއިން ފެންނަ ސީންކަން ސާބިތުވެއެވެ. އަދި ކާނަލް ފޮޓޯތަކުގައިވަނީ އެބޭފުޅާ ކަމަށް އެއްބަސްވެފައިވުމުން، މި ވީޑިއޯގައި ވަނީވެސް އެބޭފުޅާކަން ސާބިތުވެއެވެ.

2 ވަނަ އަދި 3 ވަނަ ވީޑިއޯ

ދެން ލީކުވެގެން ދިޔަ ވީޑިއޯއިން ފެންނަނީ އަލަމްގިރި ބަރަހަނާ ހާލުގައި އޮތް މީހަކު މަސާޖުކޮށްދޭތަނެވެ. މި ވީޑިއޯ ނިމެނީ ބޮކި ނިއްވާލާ ހިސާބުންނެވެ. 36 ސިކުންތުގެ މި ވީޑިއޯއަކީ ފުރަތަމަ ވީޑިއޯ އާއި އެއްވެސް ގުޅުމެއް ނެތް ވީޑިއޯއެކެވެ. ފުރަތަމަ ވީޑިއޯއާއި މި ވީޑިއޯގެ ދެމެދުގައި ހިންގި އެއްވެސް ކަމެއް އެނގޭކަށް ނެތެވެ.

3 ވަނަ ވީޑިއޯއިން ފެންނަނީ އަލަމްގިރި އާއެކު މީހަކު ޖިންސީގުޅުން ހިންގާތަނެވެމި ވީޑިއޯއިން ފެންނަ އެކަކު އުޑަފައިން ކަހަލަ ގޮތަކަށް އިށީނދެގެން އިންނައިރު، އަނެކަކު އިންނަނީ އޭނާގެ އުނގުމަތީގައެވެ. ކުރަނީ ކީއްކަމެއް މާރަނގަޅަކަށް ސާފެއް ނުވެއެވެ. އެހެންނަމަވެސް ވަކި ހިސާބަކުން އިށީނދެއިން މީހާ ބޮކިނިވާލަން އިޝާރާތް ކުރުމުން، އަލަމްގިރި ބޮކި ނިވާލައެވެ. އެހާހިސާބުން އެ ވީޑިއޯވެސް ނިމެނީއެވެ. މި ވީޑިއޯވެސް ދެން ލީކުވެފައިވާ އެއްވެސް ވީޑިއޯއަކާއި ގުޅުމެއް ނެތެވެ. އަދި 2 ވަނަ ވީޑިއޯއާއި މިވީޑިއޯ އާއި ދެމެދު ހިނގާފައިވާކަމެއްވެސް އެނގޭކަށް ނެތެވެ. 

މި ދެ ވީޑިއޯގައި ހިމެނޭ މީހުން ކުރެ އެކެއްގެ ވެސް މޫނެއް ނުފެނެއެވެ. އެހެން ނަމަވެސް ވީޑިއޯތަކުގައި އެއީ އަލަމްގިރި ކަމަށް އޭނާ އެއްބެސްވެފައިވުމުން އެއީ އޭނާކަން ޔަގީންވެއެވެ.

މި ދެ ވީޑިއޯގައި ފެންނަ މީހުންގެ މޫނު ސާފުނުވި ކަމަށް ވިޔަސް، ދެމީހުންގެ އިސްތަށިގަނޑު ވަރަށް ސާފުކޮށް ފެނެއެވެ.

މަތީގައި އެވާ 4 ފޮޓޯއަކީ، ކާނަލް ކަމަށް އަމިއްލަފުޅަށް އެއްބަސްވެފައިވާ ވީޑިއޯގައި އެބޭފުޅާގެ އިސްތަށިގަނޑާއި، ވީޑިއޯ 2 އަދި 3 ގައި ކާނަލް ކަމަށް ތުހުމަތުކުރާ މީހާގެ އިސްތަށިގަނޑެވެ.

ފުރަތަމަ ވީޑިއޯއިން ސާފުކޮށް ފެންނަ ގޮތުގައި ކާނަލްގެ ބޮލުގައި ފުދޭވަރަކަށް ނުރަހުރެއެވެ. އަދި ނިއްކުރިމަތީގެ އިސްތަށިތަކުން ފަށައިގެން ފުއްކިބައާއި ހިސާބަށް ވަނީ ނުރަޖަހާފައެވެ. އަދި ބޮލުގެ މެދުގައި އަރިމައްޗަށްވުރެ ދިގުކޮށް އިސްތަށި ހުރިތަން ފެނެއެވެ.

އެހެން ނަމަވެސް ވީޑިއޯ 2 އަދި 3 ގައިވާ މީހާގެ ބޮލުގައި އެއްވެސް ވަރަކަށް ނުރައެއް ނެތެވެ. ނިއްކުރި މަތީގެ އިސްތަށިތަކުގައިވެސް، އަދި ކަންފަތުގެ މައްޗާއި ފުއްކިބައިގައިވެސް ނުރަ ހުރިތަނެއް ނުފެނެއެވެ.

މީގެ އިތުރުން އޭނާ ބޯކޮށާފައި ވަނީވެސް ފެންނަ ފެނުމަށް ތުނިކޮށެވެ. ފުއްކިބައިން ފެށިގެން ތިރީހުރީ ވަރަށް ބޮޑަށް ތުނިކޮށްފައެވެ. ދިވެހިން އާންމުކޮށް ކިޔާގޮތުން ނަމަ އާމީ ކަޓެކެވެ. އަނެއްހެން ބުނާނަމަ މިހާރުވެސް ސިފައިންގެ ހިދުމަތުގައި ބަރާބަރަށް ޑިއުޓީ އަދާ ކުރާ އޮފިސަރެއްގެ ބޮލާ ވައްތަރު ގޮތެއް ހުރެއެވެ.

މީގެ އިތިރުން ވީޑިއޯ 2 ގައި ފެންނަ މީހާގެ ހަމުގެ ކުލައާއި، ވީޑިއޯ 3 ގައި ފެންނަ މީހާގެ ހަމުގެ ކުލަވެސް ތަފާތެވެ. 2 ވަނަ ވީޑިއޯގައި ފެންނަ މީހާގެ ހަމުގެ ކުލަ ފުދޭވަރަކަށް ކަޅެވެ. 3 ވަނަ ވީޑއޯގައި ފެންނަ މީހާގެ ހަމުގެ ކުލަ އެއަށްވެރު އައްޔެވެ. ވީޑިއޯގެ އަލިކަން ތަފާތުވިޔަސް ހަމުގެ ކުލައަށް މިހާވަރުގެ ބޮޑު ބަދަލެއް ނާންނާނެއެވެ.

މިއީ ހަމަ ކާނަލް ހެއްޔެވެ؟

ފުރަތަމަ ވީޑިއޯއިން ފެންނަ ކާނަލްގެ ބޮލުގެ އިސްތަށިގަނޑާއި، 2 އަދި 3 ވަނަ ވީޑިއޯއިން ފެންނަ މީހާގެ ބޮލުގެ އިސްތަށިގަނޑު ތަފާތެވެ. އަދި 3 ވީޑިއޯގައި ފެންނަ މީހުންގެ ހަމުގެ ކުލަވެސް ތަފާތެވެ. އެހެން ކަމަށް ވާއިރު، މި ދެވީޑިއޯގައި ވަނީ ކާނަލްކަން އެނގެނީ ކޮން ހަމައަކުން ހެއްޔެވެ؟ މިއީ ހަމަ ކާނަލް ހެއްޔެވެ؟

ހަމަ އެހެންމެ މި 3 ވީޑިއޯގައި އެއްވެސް ގުޅުމެއް ނެތެވެ. މިއީ އެކަކުގެ ވީޑިއޯނަމަ އެހެން ވީޑިއޯތަކެކޭ އެއްފަދައިން އެއްކޮށް ވީޑިއޯ ނެތީ ކީއްވެހެއްޔެވެ؟ އަދި ވީޑިއޯތަކުގެ މެދުގައި މިވަރުގެ ބޮޑެތި ކަޓު ތަކެއް ހުރީ ކީއްވެ ހެއްޔެވެ؟

ކާނަލް ވަނީ ފުރަތަމަ ވީޑިއޯގައި އެއީ އެބޭފުޅާ ކަމަށް އެއްބަސްވެފައެވެ. އެހެން ނަމަވެސް 2 ވަނަ އަދި 3 ވަނަ ވީޑިއޯގައި ވަނީ އެބޭފުޅާނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ވީޑިއޯއިން މަތީގައި މިފާހަގަކުރި ކަންކަން ސާފުކޮށް ފެންނަން އެބަހުއްޓެވެ. އެހެން ކަމަށްވާނަމަ އެއީ ކާނަލްއަށް ނުވުމުގެ ފުރުސަތު ބޮޑު ނޫން ހެއްޔެވެ؟

ކަންބަޅީގެ ގުރުބާނީ

މި މައްސަލައިގައި ދެން ހިމެނޭ ބޭފުޅުންނަށް ބަލާއިރު ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ސަލީމް (ސައްލެ) ކަމަށް ތުހުމަތުކުރާ މީހާގެ ވީޑިއޯއިންވެސް އެބޭފުޅާގެ މޫނެއް ނުފެނެއެވެ. އެހެން ނަމަވެސް އެއްވެސް ބުރަދަނެއް ނެތް މި ވީޑިއޯއާއި ގުޅިގެން ސައްލެގެ އަބުރުވެސް ވެއްޔާއި މޮޑެވިގެން ދިޔައީއެވެ.

އެއާހިލާފަށް މަޖްލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ ވީޑިއޯގައި އެއީ އޭނާކަން ޔަގީނާ ގާތަށް ސާފެވެ. އަދި ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ ނަސީރުގެ ވީޑިއޯއާއި ގުޅިގެން އެއީ އޭނާކަމަށް އިއުތިރާފުވެފައިވާކަމަށް އިތުބާރުހުރި މަސްދަރަކުން “ބޮންތި” އަށް ވަނީ މައުލޫމާތު ލިބިފައެވެ. އެކަމަކު މި ދެމީހުން ހަމަ އެއް ކަމެއްވެސް ނުކުރާ ފަދައެވެ. މީގެ އިތުރުން އެއްޖިންސުން ގުޅުން ހިންގިކަމަށް އިއުތިރާފުވެފައިވާ ޓިކްޓޮކް ތަރި މަރިޔަމް ޝިފާ ދަނީ އެކި ރަށްރަށަށް އީދު ޝޯ ކުޅުމަށް ދަތުރުކުރަމުންނެވެ. ފުލުހުން ތިބީ ބަލަހައްޓައިގެންނެވެ.

ކަން މިހެން އޮތް އިރު ކާނަލްގެ ވީޑިއޯތަކުގައި މިފާހަގަކުރި ފަދަ ސުވާލު އުފެދޭ ކަންކަން ހުރިއިރުވެސް، މި މައްސަލައިގައި ހޫނު ފެނަށް ވެއްޓުނީ ކާނަލް އެކަންޏެވެ. އަދި ފުލުހުންގެ އެންމެ ބޮޑު ސަމާލުކަމެއް ލިބެމުންދަނީވެސް ކާނަލްގެ މައްސަލައަށެވެ.

ވީމާ ވީޑިއޯތަކުން ފެންނަން މިހުރި ކަންކަމާއި، އަދި އެހެން މީހުންގެ މައްސަލަތަކުން ފާހަގަވާން މިހުރި ކަންކަމަށް ބަލާއިރު، މިއީ ކާނަލްއަށް އަމާޒުކޮށް، އެބޭފުޅާގެ އަބުރު ކަތިލުމަށް ހިންގާފައިވާ ޖަރީމާއަކަށް ވުން ވެސް ހަމަ އެކަށީގެންނުވޭ ހެއްޔެވެ؟ އަދި ބަރަހަނާ ދެ ވީޑިއޯގައި ވަނީ މުޅިން އެހެން މީހަކަށް ނުވެދާނެ ހެއްޔެވެ؟ ނުވަަތަ ކާނަލް އަކީ އެހެން “ބޭފުޅުން” ގެ ވީޑިއޯތަކުގައި މަތިއަޅަން ބޭނުންކުރާ ކަންބަޅީގެ ގުރުބާނީއަކަށް ވަނީހެއްޔެވެ؟

ޔަގީނާ ގާތަށް ބުނަން އެނގޭ ކަމަކީ ތިން ވީޑިއޯގައިވެސް ފެންނަ މީހާގެ އިސްތަށިގަނޑު ތަފާތެވެ. ހަމުގެ ކުލަވެސް ތަފާތެވެ. ވީމާ މި ދެވީޑިއޯއިން މިފެންނަނީ ހަމަ ކާނަލް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު އެރުވުމަށް ކިޔުންތެރިންނަށް ދޫކޮށްލާނެމެވެ. 

7 Comments

  1. ކާނަލް އެނދު މަތިން ކޮންޑަމް ނަގާ ވާހަކަ މި ލިޔުމުގައި ނެތީ ކީއްވެތޯ ؟ އެވީޑިއޯގެ ވާހަކަ ކޮބާތޯ؟

  2. ފުރަތަމަ ވިޑިއޯގައި ކާނަލް ވަރަށް ހަރުކަށިކޮށް އެތަނުގެ ހާލަތާގުޅޭ ގޮތުން ސުވާލުތަކެއް ނުވަތަ އިންޒާރު ތަކެއްދޭހެން ހާދަ ހީވެއޭ.

  3. ތިޔަ ހުރިހާ ހާސަރެއް ދަމަކަށް ނުޖެހޭނެ އެއީ ކާނަލްތޯ ޔަގީން ކުރާކަށް. އަލަމްގިރި އާ ސުވާލުކުރުމުން އެއީ ކާކުކަން އެނގޭނެ. އެކަން ބަލާކަށް ފުލުހުންވެސް ބޭނުމެއްނުވޭ. ތިޔަތަނަށްދިޔަ ތުހުމަތުވާ ހުރިހާ މީހުންގެ ފޮޓޯ އަލަމްގިރިއަށް ދެއްކުމުން އެންމެންވެސް ޔަގީންކަމާއެކު އެނގޭނެ. ދެކޮޅުހެދޭކަށް ނޯންނާނެ.

  4. ތީ ކާނަލް ބުނެގެން އޭނަ ދިފާއުކުރަން ކިތައްމެވަރަކަށް އުޅުނަސް އޭނަ އެކަމުން ބަރީ ކުރެވޭނެ އެއްވެސް ހައިސީއްތެ ނުފެނޭ ، ފޮޒޯތަކުންރާބިތުވަން އެއީ އޭނަ ކަން، ދެން އެހެން ނޫނަސް އެގިހުރެ އެކޮޓަރިޔަށް ވަންނާކަށް ނުޖެހޭނެ އެކަން ކުރަން ބޭނުން ނޫން ނަމަކާ އެކޮޓަރިޔަވަދެ ދޮރު. ލަޕާފަ ގޮސް އެދުގައި އިށީދެފައި ހަމަޖެހިލައިގެން ބޫޓު ބާލާކަށް، މިވަރުވީމަވެސް ތިއުޅެނީ ހިގިކަމެއް ނުވާކަމަމަށް ހެދޭތޯ ކްލައިމެކްސް ޗޭންޖް ކޮއްލެވޭތޯ ނޫނޭ މިތިބީވާ ބައެއް… ބަލަގަ އޭނަ އެއޮތީ އަމިއްލަ އަނގައިން އެއްބަސްވެފަ އެއީ ކާނަލްކަން، ދެން ބަޔަކު މިކަމާ ބަހުސަކަށް ދާކަށް ނުޖެހޭ. އެހެން މުވީސް އެކޮޓަރިޔައް ނުވަދެ އަމިއްލަ ގެދޮރުގާ ހުރިނަމަކާ އެސޮރުގެ މިކަލަ މުޑުދާރު ވާހަކަ ލިޔާކަށް ކަލޯމެންނަކަށްވެސް ޗާންސެއް ނޯންނާނެ ކަންޔަގީން..

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button