ފުލިދޫ ބްލޫ ސްޓަރ ކްލަބްގެ އީދު ލަވަ ރިލީޒް ކޮށްފި

ވ.ފުލިދޫ ބްލޫ ސްޓަރ ކްލަބްގެ ފަރާތުން އަޟްޙާ ޢީދަށް ޚާއްސަ ކޮށް ލަވައެއް ރިލީޒްކޮށްފިއެވެ.
“އާދޭ އާދޭ ޢީދު ފޯރި” ނަމުގައި ޢީދު ވިލޭރޭ ރިލީޒް ކުރި މި ލަވަ އާއި ގުޅޭގޮތުން ބްލޫ ސްޓަރ ކްލަބްގެ ފަރާތުން ބުނީ މި ލަވަ އަކީ ފުލިދޫ ބްލޫ ސްޓަރ ކްލަބްގެ ފަރާތުން ނެރުނު ފުރަތަމަ ލަވަކަމަށެވެ.

މި ލަވައިގެ ވީޑިއޯ ގްރަފީ ހަދާފައިވަނީ މިހާރު ކުރިއަރަމުން އަންނަ ޕްރޮޑަކްޝަން ހައުސް INOV މޯލްޑިވްސް އިންނެވެ.
މިލަވައާއި ގުޅޭ ގޮތުން ކްލަބްގެ ފަރާތުން ބުނީ މި ލަވައަކީ ބްލޫ ސްޓަރ ކްލަބްގެ ފަރާތުން ދިވެހި ރާއްޖޭގެ ރައްޔިތުންނަށް ދޭ ޢީދު ހަދިޔާ އެއްކަމަށެވެ. މި ލަވަ މިހާރު ޔޫޓިއުބް އިން ބަލާލެވޭނެ ކަމަށް ކްލަބުން ބުނެފައިވެއެވެ.

މި ލަވަ އެންމެންނަށްވެސް ކަމުދާނެ ކަމަށް އުންމީދުކުރާ ކަމަށް ކްލަބްގެ ފަރާތުން ބުނެފައިވެއެވެ.
”މިއީ ރާއްޖޭގެ ރައްޔިތުންނަށް ފުލިދޫ ބްލޫ ސްޓަރ ކްލަބްގެ ފަރާތުން ދޭ ޢީދު ހަދިޔާއެއް. އުންމީދު ކުރަން މި ލަވަ ވަރަށް ކަމުދާނެކަމަށް.“ ފުލިދޫ ބްލޫ ސްޓަރ ކްލަބުން ބުންޏެވެ.
ވ. ފުލިދޫ ބްލޫ ސްޓަރ ކްލަބަކީ 1980 ގައި އުފެދުނު ކްލަބެކެވެ.

ކްލަބް އުފެދުނީއްސުރެ މިއަދާއި ހަމައަށްވެސް ރަށުގައި ސަގާފީ ކުޅިވަރުތައް ދިރުވާ އާލާކުރުމުގައި ކްލަބުން ދަނީ މަސައްކަތް ކުރަމުންނެވެ.
ބްލޫ ސްޓަރ ކްލަބުން ވަނީ އެމް.ބީ.ސީ ސަގާފީ ޢީދު 2015 ގެ ޗެމްޕިއަން ކަމާއި، އެކްސްޕޯ މޯލްޑިވްސް 2015 ގެ ސަގާފީ ބައިން ޗެމްޕިއަންކަން ހޯދާފައެވެ.