ޚަބަރު

އީދަކީ އެއްވެސް މީހަކު ބާކީ ނުކޮށް އެންމެންގެ މައްޗަށް އޮތް އުފަލެއް: ހުތުބާ

އިސްލާމީ އީދުތައް ފާހަގަކުރަން ވާނީ އެކަނިވެރިޔާގެ އެކަނިވެރިކަން ފިލުވައިދީ ނިކަމެތި މީހާ ބާރުވެރިކޮށްގެން ކަމަށް މިއަހަރުގެ އަޟްހާ އީދު ދުވަހުގެ ހުތުބާގައި ބުނެފިއެވެ.

އީދު ހުތުބާގައި ބުނީ އީދުގައި ސުލްހަ މަސަލަސްކަމާއި އަމާންކަންވާ ކަމަށެވެ. އަދި ހައްޖާއި އީދު ދުވަސް ފަދަ ދުވަސްތައް ޝަރުއު ކުރައްވާފައި ވަނީ އިސްލާމީ އުއްމަތް އެއްބައިވަންތަކަންމަތީގައި ދެމެހެއްޓުމަށް ކަމަށް ހުތުބާގައި ބުންޏެވެ. ހައްޖުގެ ތެރެއިން އެތައް ކަމެއް ހައްޖުވެރިންނަށް ދަސްކޮށްދޭ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

އެގޮތުން އެކަކު އަނެކަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި އަދާވާތްތެރި ނުވުމަށް ދަސްވާ ކަމަށް ހުތުބާގައި ބުންޏެވެ. މީގެއިތުރުން އެކަކު އަނެކަކަށް ދެކޮޅުވެރިނުވުމަށް ވެސް ހައްޖުގެ އަޅުކަމުގެ ތެރެއިން ދަސްވާ ކަމަށް ބުންޏެވެ.

އިސްލާމީ އީދުތަކުގައި އޮތީ އުފާވެރިކަމާއި މުނިފޫހިފިލުވުން ކަމަށާއި އީދަކީ އެއްވެސް މީހަކު ބާކީ ނުކޮށް އެންމެންގެ މައްޗަށް އޮތް އުފަލެއް ކަމަށް ހުތުބާގައި ބުންޏެވެ.

އެހެންނަމަވެސް އިސްލާމީ އީދުތަކަކީ ޝަހްވަތްތަކުގެ ފަހަތުން ދުއްވައިގަތުމެއް ނޫން ކަމަށް ހުތުބާގައި ބުންޏެވެ. އީދުގައި އުފާފާޅު ކުރުން އެކަން ޝަރުއު ކުރެއްވީ އިސްލާމީ މުޖްތަމައުގެ އަފްރާދުންގެ މެދުގައި އެކުވެރިކަން އާލާކޮށް، އިސްލާމީ އުހުވަތްތެރިކަން ދެމެހެއްޓުވުމަށް ވެސް ހުތުބާގައި ބުންޏެވެ.

މުސްލިމުންގެ މެދުގައި ހެޔޮ ފޯރުވުމާއި އެއްބަޔަކު އަނެއް ބަޔަކަށް އެހީވުމަކީ އިސްލާމީ ރިވެތި އަދަބަކަށްވާއިރު، ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިވެ، އީދުގެ އުފަލުގައި އެ މީހުން ބައިވެރި ކުރުމަށް ހުތުބާގައި ވަނީ ގޮވާލައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button