ރިޕޯޓް

މިފަހަރު އީދު އައިކަމެއް ނޭނގުނު!

ދިވެހިންނަކީ ޒަމާނުއްސުރެ ކޮންމެ އީދެއްވެސް ވަރަށް ފޯރީގައި ފާހަގަ ކުރާ ބައެކެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގަހެން މިފަހަރު ”އަޟްހާ އީދު“ ފާހަގަ ކުރިއިރު ވެރިކަން ކުރާ ފުރަމާލެ އަށް އަދި އީދެއް ނާދެއެވެ. މިހެން ބުނުމުގެ ޖާގަ މިފަހަރު އެބައޮތެވެ.

މީގެ ކުރިން މާލޭގައި އީދު ދުވަސް އަންނަކަން ގިނަބަޔަކަށް އެނގެނީ ސަރުކާރުގެ އިމާރާއްތައް ކުލަބޮކިން ދިއްލާލުމުންނެވެ. އީދުގެ ފޯރީގައި މަގުތަކުން ފެންނަ ނަލަކަމުންނާއި އޮއްނަ ހަރަކާތް ތަކުންނެވެ.

މީގެ ކުރިން މާލޭގައި އީދު ފާހަގަ ކުރުމުގެ ތެރެއިން

ކޮވިޑް-19ގެ ބިރުވެރި ދެ ތިން އަހަރަށް ފަހު މިފަހަރު ”އަޟްހާ އީދު“ އައިރު ފުރަމާލޭގެ ރައްޔިރުން ތިބީ ހަމަ ގޭބީސީތަކުގައި އެކަނިވެރި ކަމާ މާޔޫސްކަމުގައެވެ.

މުސްލިމުންނަށް އައްނަ އެންމެ އުފާވެރި އެއް ދުވަސް ކަމުގައިވާ އީދު ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ނޫޅުމަކީ ސަރުކާރަށް އީދު ދުވަސް މުހިންމު ނުވާކަމުގެ ހެއްކެކެވެ. ހައިރާންވެ އަންތަރީސް ވެއްޖެއެވެ. މުސްލިމުންގެ އުފަލުގައި ބައިވެރިނުވެ، ހޮރުތަކުގައި ބޮޑު މުސާރަނަގާން ތިބުމަކީ ނުހަނު ހިތާމަހުރި ކަމެކެވެ. މާލޭ ރައްޔިތުންގެ އިހުސާސް ތަކެއް ހުއްނާނެތާއެވެ. އަންނަން އޮތް ޖީލައް މިކަމުގެ ސަބަބުން ކުރާނެ ނޭދެވޭ އަސަރާއި ދޭތެރޭ ވިސްނިފައި ލޮލުން ކަރުނަ އާދެއެވެ. ދީނުގެ މިކަހަލަ ބޮޑެތި މުނާސަބާތަކަށް އިހުމާލުވެ، ޒިންމާ ނުނަގާ ތިބުމަކީ ވަރަށް ވެސް ދެރަ ވަރު ކަންކަމެވެ.

މީގެ ކުރިން މާލޭގައި އީދު ފާހަގަ ކުރުމުގެ ތެރެއިން

ފުރަމާލޭގައި ގައުމީ ދުވަސް، މިނިވަން ދުވަސް، ޖުމްހޫރީ ދުވަސް އަދި އައު އަހަރު ފާހަގަކުރަން ސަރުކާރުން ބޮޑެތި ހަރަދު ތަކެއް ކުރެއެވެ. އަދި މީގެ އިތުރުން ބޮޑެތި އެވޯޑު ހަފްލާތަކަށް މިލިއަނުން ހަރަދު ކުރަން ވެސް ބަޖެޓު ހުރެއެވެ. މުސްލިމުންގެ އީދު ފާހަގަކުރަން ލޯލާރި އެއްވެސް ހަރަދު ނުކޮށް މުޖުތަމައުގެ ފޭރާން ކިލަނބު ނުވާނެބާއޭ ވެސް ހިތައް އަރައެވެ. އިސްލާމީ ރިވެތި އާދަކާދަތަށް މިގައުމުން ނެތި ނުދާނެބާ ވެސް ހިތައް އަރައެވެ. މީ ކޮންމެ ވެރިއަކުވެސް ކޮންމެ ރައްޔިތަކު ވެސް ހިތާ ހިތުން ކޮށްލުން ރަނގަޅު ސުވާލެކެވެ.

މީގެ ކުރިން މާލޭގައި އީދު ފާހަގަ ކުރުމުގެ ތެރެއިން

އީދު ދުވަހުގެ އީދު ނަމާދަށް ފަހު މުޅިމާލެ އޮތީ ހަމަ ހިމޭން ކަންމަތީ ނިދާފައެވެ. ސަރުކާރުން ކުރިހާވެސް ކަމަކީ މުލިއާގޭ ބޭރުފާރުގައި ނިވި ދިއްލޭ ބޮކި ހަރު ކުރުމެވެ. އަޅުގަނޑުމެންގެ ޅަދަރިންނަށް އެއްކަމެއްވެސް ނެތެވެ. ޒުވާނުން ވެސް މަގުމަތީ ފޫހިވެގެން އުޅުނުތަން ފެނުނެވެ. ކާފަ އާއި މާމަމެން ވެސް ހަމަ މިހެން ނެވެ. މަންމަމެން ބައްޕަމެން ދާނެ ތަނެއް ނެތިފައި ދަރިންކޮޅު ގޮވައިގެން އެކުޑަ ބަންދު ސިޓިން ރޫމްތަކުގައި ޓީވީ އަޅުވައިގެން އެހެން ރަށްތަކުގައި މީހުން އުފާކުރާ މަންޒަރު ބަލަން ތިބީއެވެ. މިއީ ފުރަ މާލޭގައި ޒަމާނުއްސުރެ އީދު ފާހަގަ ކުރަމުން އައީ ގޮތް ހެއްޔެވެ؟

އީދު ދުވަހަކީ އުފާފާޅުކުރުމުގެ ދުވަހެކެވެ. އީދު ދުވަހަކީ ހިތްހެޔޮކަމުގެ ޝުއޫރުތައް ފާޅުކުރުމުގެ ދުވަހެކެވެ. އީދު ދުވަހަކީ އާއިލީ ގުޅުންތައް ބަދަހިކޮށް، އާއިލާތަކުގެ މެދުގައި ލޯތްބާއި އަހުވަންތަ ކަމުގެ ގުޅުން ގާއިމުކުރުމާއި، ރައްޓެހިންނާއި ރަހުމަތްތެރިންނާ ބައްދަލުކޮށް، މުޖުތަމައު އެކީގައި ބޮޑު ޖަމާއަތުގައި ބައްދަލުކޮށް، ހެޔޮއެދުމުގެ ޝުއޫރުތައް ފާޅުކުރުމާ އުފާފާޅުކުރުމުގެ ދުވަހެކެވެ.

މުސްލިމުންނަށް އަންނަ މިފަދަ އުފާވެރި މުނާސަބަތުތައް ފާހަގަ ކުރުމަކީ އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button