ޚަބަރު

ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ އަވަހާރަ ކޮށްލައިފި

ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލައިފިއެވެ.

ބައިނަލްއަޤްވާމީ މީޑިއާތަކުން ރޮޕޯޓުކޮށްފައިވާ ގޮތުގައި ޝިންޒޯ އަވަހާރަކޮށްލާފައިވަނީ މިއަދު މެންދުރު 13:00 ހާއިރު ޖަޕާން ލިބެރަލް ޑިމޮލްރެޓިކް ޕާޓީގެ ފަރާތުން ބޭއްވި އެއްވުމެއްގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮށް ދިން ބަޑީގެ ހަމަލާއަކުންނެވެ.

ޖަޕާނުގެ ނާރާގައި ހިނގައިދިޔަ މި ހާދިސާއާއި ގުޅިގެން މިހާރު ވަނީ 41 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވަކަމަށް އެގައުމުގެ ފުލުހުންގެ އިދާރާއިން މައުލޫމާތުދެއެވެ.

ޝިންޒޯ އަބޭގެ މަރު އިއުލާންކުރުމަށް މީގެ ވަގުތުކޮޅެއް ކުރިން ނާރާ މެޑިކަލް ޔުނިވަރސިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ، ޝިންޒޯ ހޮސްޕިޓަލަށް ގެނެވުނު އިރުވެސް ފުރާނަ ނެތް ކަމަށެވެ.

މިކަމާ ގުޅިގެން އެކި ގައުމުތަކުގެ އިސްވެރިން ދަނީ ޝިންޒޯއާއި އެބޭފުޅާގެ އާއިލާއަށް ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button