ޚަބަރު

ތައިލެންޑު މުބާރާތުން ދީމާއަށް 1 ރަން މެޑައްޔާއި 3 ބްރޯންޒް

އޯލް ތައިލެންޑްގެ ޓޭބަލް ޓެނިސް މުބާރާތުން ރާއްޖޭގެ ގައުމީ ޗެމްޕިއަން ފާތިމަތު ދީމާ އަލީ 1 ރަން މެޑައްޔާއި 3 ބްރޯންޒް މެޑަލް ހޯދައިފިއެވެ.

ދީމާ ވަނީ މުބާރާތުގެ ޑަބަލްސް ދެ ކެޓަގަރީއަކުންނާއި، ސިންގަލް ދެކެޓަގަރީއަކުން ޖުމްލަ 4 މެޑަލް ހޯދާފައެވެ. އެގޮތުން އޯލް ތައިލެންޑް މުބާރާތުގެ 19 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަމާއި، އިތުރު 3 ކެޓަގަރީއެއްގެ ސެމީފައިނަލް ކުޅެ ދީމާ ވަނީ 3 ބްރޯންޒް މެޑަލް ކާމިޔާބުކޮށްފައެވެ.

ދީމާ މިހާރު ދަނީ މިމަހު ފަށާ ކޮމަންވެލްތް ގޭމްސްގައި ވާދަކުރުމަށް ތައިލެންޑުގައި ޓްރެއިނިންގް ހަދަމުންނެވެ.

ދީމާ ވަނީ މެއި މަހު ރާއްޖޭގައި ބޭއްވި ދެކުނު އޭޝިއާ ޖޫނިއާ އަދި ކެޑޭޓް ޗެމްޕިއަންޝިޕްގެ ކެޑޭޓް ބައިން ރިހި މެޑަލް ހޯދާފައެވެ. އަދި ޖެނުއަރީ މަހު ބޭއްވި އޯލް ތައިލެންޑް މުބާރާތުގެ 15 އަހަރުން ދަށުގެ ޑަބަލްސް ޗެމްޕިއަންކަން ވެސް ހޯދާފައެވެ.

މީގެ އިތުރުން އެންމެ ފަހުގެ ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ދީމާ ވަނީ މެޑަލް ހޯދާފައެވެ. ހަމަ އެހެންމެ ދީމާ ވަނީ ނޮވެމްބަރު މަހު އޮމާންގެ މަސްކަޓްގައި ބޭއްވި ވޯލްޑް ކޮންޓެންޑާ މުބާރާތުގެ 15 އަހަރުން ދަށުގެ ކެޓަގަރީގައި ވާދަކޮށް ކުއާޓާ ފައިނަލަށްދަތުރުކޮށްފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button