ޚަބަރުސިޔާސީ

މުހައްމަދު އިސްމާއިލް އަކީ ޓެރަރިސްޓެއް ނޫން: ޝުޖާއު

ޕީޕީއެމްގެ ސެނެޓަރ މުޙައްމަދު އިސްމާއިލް އަކީ ޓެރަރިސްޓެއް ނޫން ކަމަށް މާލެ ސިޓީ ކައުންސިލް ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަދި ޕީއެންސްީގެ ނައިބް ރައީސް އިބްރާޙިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު ކުރެއްވި ޓްވީޓެއްގައި މުޙައްމަދު އިސްމާއިލްއަށް ކޯޓުން ބަރިބަރިއަށް މުއްދަތު ޖެހުމާއި ދޭތެރޭ ނުރުހުން ފާޅުކުރައްވަމުން ވިދާޅުވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މުޅި ފުލުހުންގެ އިދާރާ ހަރާބު ކޮށްފިކަމުގައެވެ.

”ފުލުސް ވުޒާރާ ހަރާބު ކޮށްފި. ކަލޭމެންގެ ތި މުޑުދާރު އުސޫލުތައް ދިވެހި ފުލުހުންގެ ހިދުމަތައްވެސް ހުތުރު.“ ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ އެދެބޭފުޅުންގެ މުޑުދާރު އުސޫލުތައް ދިވެހި ފުލުހުންގެ ހިދުމަތަށްވެސް ހުތުރު ކަމުގައެވެ. އަދި މި ޓްވީޓުގައި ވަނީ ފުލުހުންގެ އިންޓެލް ރިޕޯޓުތަކާއިމެދު ނުރުހުން ފާޅުކުރައްވާފައެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ މިދިޔަ މަހުގެ 21 ވަނަ ދުވަހު ކުރިއަށްގެންދިޔަ ޔޯގާ ހަރަކާތް ހުއްޓުވާލުމަށް ހިންގި ހަމަނުޖެހުން ރާވާ ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރެވުނު މުޙަައްމަދު އިސްމާއިލުގެ ބަންދުގެ މުއްދަތަށް 30 ދުވަސް އިތުރުކުރުމާއި ގުޅިގެންނެވެ.

މި މައްސަލައާއި ގުޅިގެން 21 މީހުން ހައްޔަރުކުރިއިރު، ކޯޓުން ވަނީ އެކަމުގައި ޝާމިލުވާ ކަމަށް ބުނާ ހުރިހާ ފަރާތްތަކެއްހެން ދިގު ބަންދުގެ މުއްދަތެއް ޖަހާފައެވެ. އަދި ދޫކޮށްލާފައިވަނީ އެންމެ މީހެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button