ޚަބަރު

ޢީދަކީ ކުޅިވަރު ކުޅުމާއި އުފާ ފާޅުކުރުމުގެ ދުވަސް: ޚުޠުބާ

ޢީދަކީ ކުޅިވަރު ކުރުމާއި އުފާ ފާޅުކުރުމުގެ ދުވަސް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

ޚުޠުބާގައި ބުނީ ޢީދު ދުވަހު ކުޅިވަރު ކުޅެ އުފާ ފާޅު ކުރަން ޖެހޭނީ އިސްލާމީ ހަމަތަކާއި އަޚްލާޤީ އިމުން ބޭރު ނުވާގޮތަށް ކަމުގައެވެ. އަދި ޢާންމު މަޞްލަޙަތަށްޓަކައި ހެދިފައިވާ ޤަވާޢިދުތަކާއި، ޤާނޫނުތަކާވެސް ޚިލާފު ނުވާ ގޮތުގެ މަތީން ކަމުގައެވެ.

މިކަމާގުޅޭގޮތުން ނަބިއްޔާގެ ޙަދީޘް ބަސްފުޅެއްގެ މާނަ ޚުޠުބާގައި ބަޔާންކޮށްފައިވެއެވެ.

”ހަމަ ކަށަވަރުން މާތް ރަސްކަލާނގެ ކަންތައްތަކެއް ފަރުޟު ކުރައްވާފައިވެއެވެ. ފަހެ ތިޔަބައިމީހުން އެ ކަންތައްތަކާއި މެދު އިހުމާލު ނުވާހުށި ކަމެވެ. އަދި އެކަލާނގެ އިންތަކެއް ކަނޑައަޅުއްވާފައިވެއެވެ. ފަހެ ތިޔަބައިމީހުން އެ އިންތައް ފަހަނައަޅާ ނުދާހުށިކަމެވެ.“ ޚުޠުބާއި ބުންޏެވެ.

އެ ޙަދީޡް ބަސްފުޅުގެ މާނައިގައި އިތުރަށް ބަޔާންކޮށްފައިވާގޮތުގައި މާތް ރަސްކަލާނގެ ހަރާމް ކުރެއްވި ކަންކަމަށް އަރައި ނުގަތުމަށެވެ.

މިއަދަކީ މިއަހަރުގެ ޙައްޖު ދުވަހެވެ. އަދި މާދަމާއަކީ އަޟްހާ ޢީދު ދުވަހެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button