ޚަބަރުސިޔާސީ

އިހުތިޖާޖުގެ ބައިވެރިންނަށް ރައީސް ޔާމީން ހިތްވަރު ދެއްވީ ގައުމީ ދިދައިން!

”އިންސާފު ހޯދަން“ މިނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ ސުލްހަވެރި ހިނގާލުމުގެ ބައިވެރިންނަށް އިދިކޮޅު ލީޑަރު ރައިސް ޔާމީން އަބްދުލްގައްޔޫމް މަރުހަބާ ދަންނަވައިފިއެވެ.

ހިނގާލުމުގެ ބައިވެރިން ރައީސް ޔާމީންގެ ގެ ކޮޅު ކައިރިއަށް ދިއުމުން އެމަނިކުފާނު ވަނީ ކުޑަ ދޮރެއް ކައިރީގައި ހުއްޓިވަޑައިގަންނަވައި މަރުހަބާ ދަންނަނަވާފައެވެ. އަދި ބައިވެރިންނަށް ހިތްވަރު ދެެއްވުމުގެ ގޮތުން ޕީޕީއެމްގެ ދިދަ އަކާއި ގައުމީ ދިދަ އެމަނިކުފާނު ވިހުރުވާލެއްވިއެވެ.

5 އަހަރުގެ ޖަލު ބަންދެއްގައި ހުންނެވި ރައީސް ޔާމީން ވަގުތީ ގޮތުން ގެޔަށް ބަދަލު ކުރި ނަމަވެސް އެމަނިކުފާނަށް އިންސާފު ލިބެންދެން ހުއްޓާ ނުލާ ސަރުކާރަށް ޕްރެޝަރ ކުރާނެކަމަށް އިދިކޮޅުން ދަނީ ބުނަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގެ އިސްތިއުނާފް އަޑު އެހުން މިމަހުގެ 12 އަދި 13 ގައި ސުޕްރީމް ކޯޓުގައި އޮންނާނެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button