އުންމީދަކީ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގައުމުގެ ހުންގާނުގައި ހިއްޕަވާ ދުވަސް ފެނިގެން ދިއުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
”އިންސާފު ހޯދަން“ މި ނަމުގައި އިދިކޮޅުން މިއަދު ކުރިޔަށް ގެންދިޔަ ހަރަކާތުގައި މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް ކޮށްފައިވާ ނުހައްގު ހުކުމް ބާތިލްކޮށް އެމަނިކުފާނަށް އިންސާފް ގާއިމްކޮށްދޭން ޖެހޭނެ ކަމަށެވެ. އޭނާ ވަނީ ރައީސް ޔާމީން ވަގުތުން ވަގުތަށް މިނިވަން ކުރުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.
”އަޅުގަނޑު އުންމީދު ކުރަނީ ރައީސް ޔާމީން މިނިވަންވެވަޑައިގެން ގައުމުގެ މިނިވަންކަމަށް ސިޔާދަތާ އިގްތިސާދު ސަލާމަތް ކޮށްދިނުމަށް.“ މުއިއްޒު ވިދާޅުވިއެވެ.
މިއަދުގެ ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ނަމަވެސް އެސް އޯ ފުލުހުން ވަނީ މި ހިނގާލުން ހުއްޓުވާފައެވެ.