ޚަބަރުސިޔާސީ

ރައީސްގެ ދަތުރުތަކުން ފެނިގެން ދަނީ އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ނުފޫޒު ފޯރުވާކަން: މަލީހް

ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ށ އަތޮޅަށާއި ރ އަތޮޅަށް ކުރައްވާ ދަތުރުފުޅުން ފެނިގެންދަނީ އެތެރޭގެ އިންތިހާބަށް ނުފޫޒު ފޯރުވަމުން ދާކަން ކަމުގައި މި ސަރުކާރުގެ އެންމެ ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

މަހީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު އެމްޑީޕީގެ އެތެރޭގެ އިންތިހާބަށް ނުފޫޒު ފޯރުވަނީ ދައުލަތުގެ މުދަލާއި ފައިސާ އަދި ވަސީލަތް ބޭނުންކޮށްގެން ކަމުގައެވެ.

މަލީހު އިތުރަށް ވިދާޅުވީ މިއީ ގާނޫނު އަސާސީ ދަންނަ ކަމެއް ނޫންކަމަށެވެ. އަދި އެކަން ބަލޭނެ ދުވަސް ވަރަށް ކައިރި ވެއްޖެ ކަމަށާއި ހިސާބުތަށް ބަލަހައްޓާ ކަމުގައި މަލީހު ވިދާޅުވިއެވެ.

މަލީހު މިފަދައިން ވިދާޅުވެފައި މިވަނީ އަލިފުށީގައި އެއާޕޯޓެއް އެޅުމަށް ނިންމާފައި ވަނީ ވަކި ބަޔަކު ހިތް ހަމަ ޖައްސައިދިނުމަށް ކަމުގައި އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button