ޚަބަރުސިޔާސީ

މަލީހު އާއި ވައްޑެ ރުކުމާ ގޮވައިގެން އެނބުރި ޕީޕީއެމަށް!

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ސައިންސް އެންޑް ޓެކޮނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލުގެ އިތުރުން ރައްޔިތުންގެ މަޖިލިޙުގެ ކުރީގެ ދެ މެންބަރަކު ޕީޕީއެމަށް ސޮއިކޮށްފިއެވެ.

މަލީހުގެ އިތުރުން ޕީޕީއެމަށް ސޮއި ކުރީ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ލޯޔަރު ވައްޑެ) އާއި ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު އަބްދުލްކަރީމް (ރުކުމާ) އެވެ. ވައްޑެ އަކީ ކުރިން ޕީޕީއެމްގެ މެންބަރެކެވެ. ނަމަވެސް 2018 ވަނަ އަހަރުގެ އިންތިހާބުގެ ދުވަސްވަރު ޕީޕީއެމުން ވަކިވި 12 މެންބަރުންގެ ތެރޭގައި ވައްޑެ ހިމެނިވަޑައިގެންނެވިއެވެ. އަދި އޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވަނީ ވަރަށް ފަހުން ޖުމްހޫރީ ޕާޓީއަށްވެސް ސޮއި ކުރައްވާފައެވެ. ކުރީގެ މެންބަރު ރުކުމާ އަކީ އެމްޑީޕީގެ މެންބަރެކެވެ. އޭނާ ވަނީ ނިމިދިޔަ މަޖިލިސް އެމްޑީޕީ ޕްރައިމަރީގައި ހެންވޭރު ދެކުނު ދާއިރާގެ މިހާރުގެ މެންބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) އާއި ވާދަ ކުރައްވާފައެވެ.
މަލީހު އަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ވަޒީރުކަން ކުރެއްވުމުގެ ކުރިން ޕީޕީއެމްގެ ވެރިކަމުގައި ޔޫތު މިނިސްޓަރުކަންވެސް ކުރެއްވި ބޭފުޅެކެވެ.

މި ތިން ބޭފުޅުންވެސް ޕީޕީއެމަށް ސޮއި ކުރެއްވީ އެޕާޓީއިން މިހާރު ކުރިޔަށް ގެންދާ ހާއްސަ ހަފްލާއެއްގެ ތެރެއިންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button